ކޮވިޑް-19: ނިއުޒިލެންޑް އިން މީހަކު ފައްސި ނުވާތާ 100 ދުވަސް!

ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލި ކޮންޓްރޯލުކުރެވިފައި އޮތީ ވަރަށް މަދުގައުމެއްގައެވެ. މީގެ ތެރެއިންވެސް މި ބަލި އެންމެ އަވަހަށް ކޮންޓްރޯލުކޮށްފައިވާ ގައުމަކީ ނިއުޒިލެންޑްއެވެ. އެގޮތުން ނިއުޒިލެންޑްއިން ކޮވިޑް-19 ގެ އެންމެ ފަހު ޕޮސިޓިވް ކޭސް ފެނުނުތާ މިއަދަށް މިވީ 100 ދުވަހެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން،، ނިއުޒިލެންޑް އިން ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްގެ ގޮތުގައި ޖުމްލަ ފެނިފައިވަނީ 1569 ކޭސްއެވެ. އަި މި ބަލީގައި 22 މީހުން މަރުވެފައިވާއިރު، 1524 މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އެހެންކަމުން އެކްޓިވް ކޭސްގެ ގޮތުގައި ނިއުޒިލެންޑްގެ އައިސޮލޭޝަން ފެސިލިޓީސްތަކުގައި 23 މީހުން އެބަތިއްބެވެ.

އެހެންނަމަވެސް، މިއަދުވެސް ކޮވިޑް-19 ގެ އެއްވެސް އާ ކޭސްއެއް ފެނިފައިނުވާއިރު، މި ބަޔަށް އެއްވެސް މީހަކު ފައްސިނުވެ މުޖުތަމައުގައި ފެތުރެމުންނުދާތާ 100 ދުވަސް ފާއިތުވުމަކީ ހާސިލުވި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ގައުމުގެ ޑިރެކްޓަ ޖެނެރަލް އޮފް ހެލްތް، ޑރ. އޭޝްލީ ބްލޫމްފީލްޑް ސިފަކުރިއެވެ. އެހެންނަމަވެސް، އަދިވެސް މިއީ ފާރުވާކުޑަކުރަންވީ ވަގުތު ނޫންކަމަށް އެކަމަނާ ބުނެފައިވެއެވެ.

އެގޮތުން ބައެއް ގައުމުތަކުގައި ބަލި ކޮންޓްރޯލު ކުރެވުނު ފަހުންވެސް، ހަލުވިކަމާއެކު އަލުން ބަލިފެތުރިގެން ދިޔަ ތަން ފެނިގެންހިނގައްޖެ ކަމަށާއި، އެހެންކަމުން އެ ގައުމުން ކުރިއަށްއޮތްތާގައި ބަލީގެ އިތުރު ކޭސްއެއް ފެނުނަނުދިނުމަށްޓަކައި ކޮންމެ ފަރުދެއްވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ. އޭޝްލީ ބްލޫމްފީލްޑް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ