ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރޭ ޗެލްސީ ކޮޅަށް ޖެހި ދެ ލަނޑާއެކު ލެވެންޑޯސްކީ، ޗެމްޕިއަންސް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ ރެކޯޑަކާއި ހަތަރު ލަނޑު ކައިރިއަށް ޖެހިލައިފިއެވެ.
އެލިއެންސް އެރީނާގައި ރޭ ކުޅުނު މެޗުން ޗެލްސީގެ މައްޗަށް ބަޔާންއިން ކުރި ހޯދާފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބަޔާންއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ޖަހާފައިވަނީ ލެވެންޑޯސްކީއެވެ. އެއާއެކު މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ލެވެންޑޯސްކީ ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 13 އަށް އަރާފައެވެ.
އެހެންކަމުން 17 ލަނޑުޖަހައި 2013-14 ސީޒަންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރެއަލްމެޑްރިޑުގައި ހަދާފައިވާ ޗެމްޕިއަންސް ލީގުގެ އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑާއި ހަމަކުރަން ލެވެންޑޯސްކީ ދެން ބޭނުންވާނީ އެންމެ ހަތަރު ލަނޑެވެ.
މިރެކޯޑާއި ގުޅުވައިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އުމުރުން 31 އަހަރުގެ ލެވެންޑޯސްކީ ބުނީ، ރޮނާލްޑޯގެ ރެކޯޑާއިމެދު އޭނާ ނުވިސްނާކަމަށާއި، އެންމެ މުހިންމީ ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް ދައްކައ އަނެއް ބުރަން ދިއުންކަމަށެވެ.
ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ބަޔާން މިއުނިކް ބައްދަލުކުރަން ޖެހޭނީ ބާސެލޯނާއާއެވެ. ކުއާޓާރ ފައިނަލްގައި މި ދެޓީމު ބައްދަލުކުރާ މެޗު އޮންނާނީ މހަފުތާގެ ހުކުރު ދުވަހުގެރެއެވެ.
ކުއާޓާރ ފައިނަލާއި ހިސާބުން މިމުބާރާތް މިހާރުވަނީ މިނީ ޓާނަމެންޓަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން ހޯމް-އަވޭ ގެ ބަދަލުގައި ކުޅޭނީ އެންމެ މެޗެކެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ކުޅޭނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.
? The quarter-finals are set!
Who will win the ? this year?#UCL
— UEFA Champions League (@ChampionsLeague) August 8, 2020




