ގޭ ބުޑުގައި ދުބުޅި ބަދިގެ އިންޖީނުގެތަށް ހުރުމުން ފެނަކައިން ދަނީ އެކަންކަން ހައްލުކުރަމުން: މަޙްލޫފު

ގޭ ބުޑުގައި ދުބުޅި ބަދިގެ އިންޖީނުގެތަށް ހުރުމުން ފެނަކައިން ދަނީ އެކަންކަން ހައްލުކުރަމުން ކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގޭ ބުޑުގައި ދުބުޅި ބަދިގެ އިންޖީނުތައް ހުރުމުން ރައްޔިތުންނަށް ނުނިދޭތީ، އެތަންތަން މީހުން ނޫޅޭ ސަރަޙައްދަށް ބަދަލުކޮށް، އާ އިންޖީނުގެތައް އިމާރާތް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ގެންދަނީ ކުރަމުން ކަމަށެވެ.

މި ޕްރޮޖެކްޓުތަކާއި އާ އިންޖީނުގެތަށް އަދި ނެޓްވޯކް އަޕްގްރޭޑިން މަސައްކަތް ހިމެނޭގޮތަށް 51 މަޝްރޫޢެއް ރަށް ރަށުގައި ބާރަށް އެބަ ކުރިޔަށް ދާކަމަށް މިނިސްޓަރ މަޙްލޫފު ވިދާޅުވިއެވެ.

ފެނަކައިން ގެންދިޔައީ ރަށް ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ލޮކްޑައުންގެ ތެރޭގައިވެސް ޕްރޮޖެކްޓުތައް ހިންގަމުންނެވެ. ހާއްސަކޮށް ކަރަންޓުގެ މައްސަލަތައް އެންމެ ބޮޑަށް ދިމާވާ ރަށްތަކުގެ ކަރަންޓު ކެޕޭސިޓި އިތުރު ކުރުމަށް އައު ޖަނަރޭޓަރ ތައް ފޮނުވުމާއި ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތްތައް ދިޔައީ ކުރިޔަށް ގެންދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ