ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ހަތަރު އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިޔެލޯ އެލާރޓް ނެރެފައިވަނީ ބ. އަތޮޅުން އދ. އަތޮޅަށެވެ.
މިއަދު ހަވީރު 17:20 ން މިރޭގެ 21:00 އަށް ނެރެފައިވާ މިޔެލޯ އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މިއެލާރޓްގައި ވެއެވެ.
Alert Yellow for torrential rain and thunderstorms with gusts of 50 mph and rough sea condition. pic.twitter.com/vS1ZcAXEHL
— Maldives Meteorology (@MetMaldives) August 9, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ބުނެފައިވެއެވެ.
އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާއިރު، ކަނޑުގެ ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވެސް އެކަށީގެންވާކަމަށެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވާތީ އެމްއެންޑިއެފްއިންވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކަނޑު ދަތުރު ކުރާއިރު، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި




