މާލޭ މަގުމަތީ ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ދަ އެޑިޝަން

މަސްތުވާތަކެތި އުފުލާ އުޅަނދުތަކުގެ މަޢުލޫމާތު ފުލުހުން އާންމުކުރަނީ

މަސްތުވާތަކެތި އުފުލާ އުޅަނދުތަކުގެ މަޢުލޫމާތު ކުރިއަށް އޮތްތަނުގައި ހާމަކުރާނެކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ޓެކްސީތަކުގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލާ މައްސަލަ މިހާރުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން މިހެން ވިދާޅުވެފައިވާއިރު އެބައްދަލުވުމުގައި ފުލުހުންވަނީ ޓެކްސީތަކާއި ބައެއް ޕްރައިވެޓް ކާރުތަކާއި އެއެއްޗެހީގައި އުފުލި މަސްތުވާތަކެތީގެ މަޢުލޫމާތު މިއަދުވެސް ހާމަކުރައްވާފައެވެ. ފުލުހުން ވިދާޅުވިގޮތުގައި ކާރުތަކުގެ އިތުރުން ސައިކަލްތަކުގައިވެސް މަސްތުވާތަކެއްޗާއި ބަނގުރާ އުފުލައެވެ.

މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި ތިން ޓެކްސީއަކާއި ޕްރައިވެޓް ދެ ކާރާއި ފަސް ސައިކަލެއްގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލި މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް މިބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް އަދި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ޓެކްސީތަކުގައި ބަނގުރަލާއި މަސްތުވާތަކެތި އުފުލަނީ ޑްރައިވަރުން ބައިވެރިވެގެން ކަމަށާއި އެކަމުގެ ޝާމިލްވާ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މިހާރު

"ޓެކްސީގެ ނަންބަރު ހާމަ ނުކުރަނީ ބައެއް ކޭސްތަކުގައި ޓެކްސީ ދުއްވާ މީހަކީ އަސްލު ވެރި ފަރާތަށް ނުވެ ދާ ފަހަރު ތަހުގީގަށް ފާހަގަކުރެވޭތީ. ނަމަވެސް ތަހުގީގުން ވެރި ފަރާތް ސާބިތު ކުރެވޭ ނަމަ، އެ ކަންކަން ވެސް އަޅުގަނޑުމެން ހާމަ ކުރަމުން ގެންދާނަން،" ޝާކިރު ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލްގެ ނިޔަލަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި 927 މީހުންވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި 223 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ވެއެވެ. އެހެންނަމަވެސް އެމައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ މަދު ބައެކްކަމަށް ޝާކިރުވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަތަރު މަސް ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި 35 އަންހެނުންނާއި، ނުވަ ކުޑަކުދިންނާއި، 56 ބިދޭސީން ހިމެނެ އެވެ . އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި 10 ބިދޭސީއަކު ވަނީ ޑީޕޯޓްވެސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. ފަތިފުއް

    2019 ވޭތިވެދިޔަ ހަތަރުމަސް 227 މީހުން 223 ކިލޯ ކޯއްޗެއްތޯ މަސްތުވާތަކެތި އަތްދަށުން ކިތަކަތި ގޮއްސަ އޮންނާނެތޯ އެޖެންޑާ 19 ތަފާތުވާނެ ތަފާތު ކުރާނެވެސްމެ އަދި ހުރިތަފާތުގެ ބޮޑުކަމެއް ފެންނާނީ މިހިނގާ މޭމހުގެ 28 ގެފަހުން ތަފާތުވާނެ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް