ފޮޓޯ: ސްކައި ސްޕޯޓްސް

ޗެމްޕިއަންސް ލީގަށް ދާ އެތުލެޓިކޯ ޓީމުން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގަށް ޕޯޗުގަލްގެ ލިސްބަންއަށް ދާ އެތުލެޓިކޯ ޓީމުން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވ.

އެކަންހާމަކޮށް އެތުލެޓިކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޔޫއެފާގެ އެންގުމާއި އެއްގޮތަށް ޗެމްޕިއަންސް ލީގު ކުއާޓާރއަށް ދާ އެތުލެޓިކޯއިންދާ ސްޓާފުންނާއި ކުޅުންތެރިންނާއި އަދި އެހެނިހެން އޮފިޝަލުންވެސް ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި ހޮނިހިރުދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާ އިއްޔެ (އާދިއްތަ) ދުވަހު ލިބިފައިވާކަމަށާއި، ނަތީޖާތައް ދައްކާގޮތުން ޓީމުގެ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށްވެސް އެތުލެޓިކޯއިންވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެއީ ކުޅުންތެރިއެއްކަމަށްވެސް ނުވަތަ އެހެން ސްޓާފެއްކަމެއްވެސް އެތުލެޓިކޯއިން ހާމަކޮށްފައެއް ނުވެއެވެ.

މިކޭސްތަކާއި ގުޅިގެން ޔޫއެފާ އަންގާ ގޮތަކަށް ޢަމަލުކުރަން ތައްޔާރަށް އޮތްކަމަށްވެސް އެތުލެޓިކޯއިންވަނީ ބުނެފައެވެ. މިކަމާއި ގުޅީގެން ޗެމްޕިއަންސް ލީގަށް ބަދަލެއް އަންނާނެކަންވެސް ނުވަތަ ނޫންކަންވެސް ޔޫއެފާއިން އަދި ހާމަކޮށްފައެއްނުވެއެވެ.

ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑު ނުކުންނާނީ ޖަރުމަނުގެ ލެއިޕްޒިގާއި ދެކޮޅަށެވެ.

ކުއާޓާރ ފައިނަލާއި ހިސާބުން މިމުބާރާތް މިހާރުވަނީ މިނީ ޓާނަމެންޓަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން ހޯމް-އަވޭ ގެ ބަދަލުގައި ކުޅޭނީ އެންމެ މެޗެކެވެ. ކުއާރޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލްވެސް ކުޅޭނީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ