މާލޭ، ހެންވޭރުގައި ހުންނަ ގެއެއްގެ ހަވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެއެވެ. އެ އިމާރާތުގެ މަތިން ވެއްޓި ނިޔާވެފައިވަނީ، 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، ގެއެއްގެ ހަވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 02:39 ހާއިރުކަމަށެވެ.
އިމާރާތުގެ މަތިން ވެއްޓުނު މީހާ އެވަގުތު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިހާދިސާ ހިނގަން ދިމާވި ސަބަބެއް މިހާތަނަށް ކަމާއިބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.