އަލިފާންރޯވީ ފިއުލް ސްޓޯރޭޖް ސަރަހައްދުގައި، އެކަކަށް އަނިޔާވި: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް އެއާރޕޯޓް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެއާޕޯޓްގެ އިރުމަތީ ފަރާތުގެ ސީޕްލޭން ފިއުލް ސްޓޯރޭޖް ސަރަހައްދުގައި ކަމަށެވެ. އަދި މިހާދިސާގައި އެމްއޭސީއެލްގެ މުވައްޒަފަކަށް އަނިޔާވިކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަައްދަށް ގޮސް އަލިފާންގަނޑު ނިއްވާލާފައެވެ.

އެމްއޭސީއެލް އިން ބުނީ، އެ ހާދިސާ ހިނގާދި ގޮތާއި ގުޅޭގޮތުން ތަހުގީތައް ފަށާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ