ތިނަދޫ އައިސް ޕްލާންޓް ސަރަޙައްދުގެ އެއްގަމުތޮށި ލައިފި

ގދ. ތިނަދޫ އައިސް ޕްލާންޓް ސަރަޙައްދުގެ އެއްގަމުތޮށި ލުމުގެ މަޝްރޫޢު ނިންމާލައިފިއެވެ..

މި މަސްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސްރޫޢެކެވެ.

ތިނަދޫ އައިސް ޕްލާންޓް ސަރަޙައްދުގެ އެއްގަމުތޮށިލުމުގެ މަޝްރޫޢުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީ އާއި ދެމެދު ސޮއި ކޮށްފައިވަނީ 31 ޖުލައި 2019 ގައެވެ.

މިމަޝްރޫޢުގައި 9245 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 1859.01 ކިއުބިކް މީޓަރު ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 161 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި، 10 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލު ކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 04 މާރޗް 2020 ގައެވެ. ތިނަދޫ އައިސް ޕްލާންޓް ސަރަޙައްދުގެ އެއްގަމުތޮށިލުމުގެ މަޝްރޫޢު ނިންމާލާފައިވަނީ 04 އޯގަސްޓް 2020 ވަނަ ދުވަހު އެވެ.

މި މަޝްރޫޢުގެ މަސައްކަތައް ސަރުކާރުން ވަނީ 21.04 މިލިއަން ރުފިޔާ ޙަރަދުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ