ކޮވިޑް-19 އާއި ގުޅިގެން ޞިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ - ފޮޓޯ: އަވަސް

ބޭސްފަރުވާއަށް އިންޑިއާ އަށް ފޮނުވި ދިވެއްސަކު ނިޔާވެއްޖެ

އާސަންދައިގެ ދަށުން އިންޑިއާ އަށް ފޮނުވި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އިތުރު މީހަކު ނިޔާވެފައިވާކަން އާސަންދަ ކުންފުނިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އާސަންދަ އިން ވިދާޅުވީ މިއަދު ނިޔާވެފައިވަނީ، ބޭސްފަރުވާއަށް އާސަންދައިން ފުރަތަމަ ބެޗްގައި އިންޑިޔާއަށް ފޮނުވި މީހެއް ކަމަށެވެ. އަދި މިމީހާގެ މަރަކީ ކޮވިޑް އާއި ގުޅުންހުރި މަރެއް ނޫން ކަމަށްވެސް އާސަންދައިން ވިދާޅުވީއެވެ.

އެނގިފައިވާ ގޮތުގައި އާސަންދައިގެ ދަށުން އިންޑިއާ އަށް ފޮނުވި މި މީހާއަކީ ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާ މީހެކެވެ.

މީގެ ކުރިންވެސް ބޭސްފަރުވާއަށް އިންޑިޔާއަށް ފޮނުވި 3 ދިވެއްސަކުވަނީ ނިޔާވެފައެވެ. އަދި ނިޔާވި 3 މީހުންނަކީވެސް ކެންސަރުބަލީގެ 3 މީހުން ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެފައި ވެއެވެ.

މިއަދު ނިޔާވި މީހާއަކީ ޖޫން މަހުގެ 29 ވަނަ ދުވަހު އިންޑިއާއަށް ދިޔަ ފުރަތަމަ ބެޗްގައި ދިޔަ މީހެއްކަމަށް އާސަންދަ ކުންފުނިން ވިދާޅުވިއެވެ. މީގެ ކުރިން ނިޔާވި ތިން މީހުންނަކީވެސް، އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައިގެ ދަށުން އެޤައުމަށް ބޭސްފަރުވާއަށް ފޮނުވުނު ފުރަތަމަ ބެޗުގައި ހިމެނޭ މީހުން ކަމުގައި އެކުންފުނިން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ