ރ. މަޑުއްވަރީގައި ހިންގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅައިލައިފިއެވެ.
ފުލުހުން ވިދާޅުވީ، މިމާރާމާރީގެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 11 އޮގަސްޓް 2020 ވަނަ ދުވަހުގެ 17:16 ހާއިރުކަމަށެވެ.
އަދި ފުލުހުން ވިދާޅުވީ، މިމާރާމާރީގައި މީހަކަށް ހަމަލާދީ އެމީހާ ބޯ ފަޅާލާފައިވާއިރު، އެމީހާއަށް މަޑުއްވަރީ ހެލްތު ސެންޓަރުން ފަރުވާދެމުނ އަންނަ ކަމަށެވެ.
މިމާރާމާރީގައި އަނިޔާ ލިބިފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލާގައި ގުޅިގެން އަދި މީހަކު ޙައްޔަރުކޮށްފައެއްނުވެެއެވެ. ފުލުހުން ގެންދަވަނީ މިމައްސަލަ ތަޙުޤީޤުކުރަމުންނެވެ.




