ކުރިއަށް އޮތް ސީޒަންއަށް އިތުރު ކުޅުންތެރިން ނުގެންނާނެކަން ރެއަލްމެޑްރިޑުން އިން ހާމަކޮށްފިއެވެ.
ސީޒަން ނިންމާލުމަށްފަހު ރެއަލްމެޑްރިޑްގެ ހުރިހާ ކުޅުންތެރިން އެއްކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޖެނެރަލް މެނޭޖަރު ހޯސޭ އެންހެލް ސަންޗޭޒް ބުނީ، ކުރިއަށް އޮތް ސީޒަންގައި ކްލަބަށް އިތުރު ކުޅުންތެރިން ގެނެވެން ނެތްކަމަށެވެ. އަދި އެއީ ކޮވިޑް-19 އާއި ގުޅިގެން ކްލަބަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންކަމަށްވެސް އޭނާ ހާމަކުރިއެވެ.
މީގެއިތުރުން ސަންޗޭޒް ބުނީ، ލޯނެއްގެ ދަށުން މިދިޔަ ސީޒަންގައި އެކްލަބަށް ކުޅެމުންދިޔަ ފްރާންސްގެ ގޯލްކީޕަރު އަލްފޮންސޭ އަރެއޮލާއާއެކު ދާއިމީ އެއްބަސްވުމަކަށް ނާދެވުނީވެސް އެކަމާއި ގުޅިގެންކަމަށެވެ.
އަދި ސީޒަންގައި ރެއަލްމެޑްރިޑްގެ ކުޅުންތެރިންގެ ފަރާތުން ނިމުނު ސީޒަންގައި އުފާވާ ކަހަލަ މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާކަންވެސް ސަންޗޭޒް މިބައްދަލުވުމުގައި ވާހަކަދައްކަމުން ހާމަކުރިއެވެ.
ނިމުނު ސީޒަން ރެއަލްމެޑްރިޑުން ނިންމާލާފައިވަނީ ސްޕެނިޝް ލަލީގާ ތައްޓާއެކުގައެވެ. އޭގެ ކުރީ ދެސީޒަންގައިވެސް ލަލީގާ ކާމިޔާބުކޮށްފައިވަނީ ވާދަވެރި ބާސެލޯނާއެވެ.
ޖެހިޖެހިގެން ތިން ސީޒަނެއްގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ރެކޯޑު ހަދާފައިވާ ރެއަލްމެޑްރިޑަށް މިސީޒަންގައި މާއެދެވޭ ނަތީޖާއެއް ނެރެވިފައިވަނުވާއިރު، މިސީޒަންގެ ޗެމްޕިއަންސް ލީގުން ރެއަލްމެޑްރިޑް ކަޓައިގެން ދިޔައީ ގަދަ 16 އިންނެވެ.



