ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާކަށް ވަކި ޝަރުތެއް އޮންނާކަށް ނުޖެހޭ: މަހުލޫފް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ތައުލީމީ ވަކި ވަކި ޝަރުތެއް އޮންނާކަށް ނުޖެހޭ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ވަކި ޝަރުތެއް އޮންނަން ނުޖެހޭ ކަމަށާއި، ކިޔަވައިގެން ހުރި މީހާއަށްވެސް އަދި ނުކިޔަވާ ހުރި މީހާއަށްވެސް ވާދަކުރެވެން ޖެހޭނެ ކަމަށެވެ.

"ކިޔަވައިގެން ހުރި މީހާވެސް ނުކިޔަވާ ހުރި މީހާއަށްވެސް ވާދަކުރެވެންވާނެ، ރައްޔިތުން އެތަނުން ވޯޓް ދޭނީ އެންމެ މޮޅު މީހާއަށް.. ރައްޔިތުން ބަލައިގަންނަ މީހާއަށް" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ، ވަކި ހިސާބަކުން ލައިން ދަމާލާފައި ކުރިމަތިލެވޭނީ ވަކިޝަރުތުތަކެއް ހުންނަ މީހުންނަށް ކަމަށްވާނަމަ އަނެއް މީހާއަށް އެފުރުސަތު ގެއްލުނީ ކަމަށެވެ.

މަޖިލީހުގެ މެމްބަރަކަށް ވުމަށް ތައުލީމީ ވަކި ޝަރުތެއް ހުންނަން މިހާރު ނުޖެހޭއިރު، ބައެއް ފަރާތްތަކުން އަންނަނީ އެހެން ވަޒީފާތަކުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމީ ވަކި ފެންވަރެއް ހުންނަން ހިމަނާފައިވާ ގޮތަށް މެމްބަރު ކަމަށް ކުރިމަތިލާއިރު ވެސް އެފަދަ ޝަރުތެއް ހިމަނަން ލާޒިމުކުރަން ގޮވާލަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ