ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާރ ފައިނަލްގައި ރޭ އެޓަލަންޓާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ނޭމާ، ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހަދާފައިވާ ރެކޯޑަކާއި ހަމަހަމަކޮށްފިއެވެ.
ނޭމާ ވަނީ ރޭގެ މެޗުގައި 16 ޑްރިބްލް ހަދައި ޗެމްޕިއަންސް ލީގު މެޗެއްގައި އެންމެ ގިނަ ޑްރިބްލް ހެދި ކުޅުންތެރިންގެ ލިސްޓަށް އަރާފައެވެ. މިއީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކުރިން ހަދާފައިވާ ރެކޯޑެކެވެ. މެސީ މިރެކޯޑު ހަދާފައިވަނީ 2008 ވަނަ އަހަރުގެ އޭޕްރިލްމަހު މެންޗެސްޓާރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.
16 - Neymar completed 16 dribbles against Atalanta tonight, the most by a player in a single Champions League match since Lionel Messi v Manchester United in April 2008. Twist. #ATAPSG pic.twitter.com/WpT1ONRZVV
— OptaJoe (@OptaJoe) August 12, 2020
ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވިފައިވަނީ ނޭމާއެވެ.

ކުއާޓާރ ފައިނަލްގައި ރޭ ކުޅުނު މެޗުން އިޓަލީގެ އެޓަލަންޓާގެ މައްޗަށް ކުރި ހޯދައިގެން ޕީއެސްޖީވަނީ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. ރޭގެ މެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މޮޅާއެކު ޕީއެސްޖީ ސެމީ ފައިނަލަށް ދަތުރުކޮށްފައިމިވަނީ 25 އަހަރަށް ފަހުގައެވެ. ޗެމްޕިއަންސް ލީގު ކުއާޓާރގައި މިހާތަނަށް 11 ފަހަރެއްގެ މަތިން ޕީއެސްޖީ ކުޅެފައިވާއިރު، މޮޅުވެފައިވަނީ އެންމެ ތިން ފަހަރުއެވެ.
ސެމީ ފައިނަލްގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ލެއިޕްޒިގް އަދި އެތުލެޓިކޯ މެޑްރިޑް ބައްދުކުރާ ކުއާޓާރ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:00 ގައެވެ.





ހިޔާލު
MAN ak athunuvaaney