ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު | ފޮޓޯ: ވަގުތު

ފައްޔާޒުގެ މައްސަލައަކީ ބޮޑެތި ލޯނުތަކުގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް: ސުޖާއު

ފައްޔާޒުގެ މައްސަލައަކީ ބޮޑެތި ލޯނުތަކުގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއް ކަމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު ވިދާޅުވެއްޖެ އެވެ.

ސުޖާއު މިހެން ވިދާލުވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރަމުންދާތީއެވެ.

ރޭ ކުރެއްވި ޓްވީޓްގައި ސުޖާއު ވިދާޅުވެފައިވަނީ އެމްޑީޕީ ގެ ތެރޭގައި މިވަގުތު އުފެދިގެން އުޅޭ ހަމަނުޖެހުމަކީ ކުޅޭ ފިލްމެއްކަމަށާއި ދިވެހި ލޮބުވެތި ރައްޔިތުން މިކަމަށް ސަމާލުކަން ނުދެއްވުމަށެވެ. އަދި މިއީ ސަރުކާރުން ދިވެހި ރައްޔިތުންގެ ބޮލުގައި އަޅުވަމުންދާ "ބިޔަ ބޮޑެތި ލޯން" ތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރާ ކަމެއް ކަމުގައި ސުޖާއު ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން 25 މެމްބަރުންގެ ސޮއި ކުރައްވާފައިވާ ކަމަށް އަޑު އިއްޔެ ފެތުރިފައި ވެއެވެ.

މަޖިލިސް މެމްބަރަކާއި ހަވާލާ ދެއްވާ އޮންލައިން ނޫސް ރާއްޖެއެމްވީ ގައި ބުނެފައިވަނީ، އިއްޔެއިން ފެށިގެން މިއަދާއި ހަމަޔަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒު ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން 25 މެމްބަރަކު ސޮއިކޮށްފައިވާ ކަމަށެވެ.

މިހާތަނަށް އައިއިރު އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރަކު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދަން އުޅޭކަމަށް ފާޅުގައި ބުނެފައި ނުވެއެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ނަން ނުޖަހައި، މަޖިލިސް މެންބަރުންނާއި ހަވާލާ ދެއްވައި ބައެއް މީޑިއާ ތަކުން ވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު އިތުބާރު ނެތަކުމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް އުޅެނީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ކަމަށް އަޑުތައް ފެތުރިފައިވާއިރު ފައްޔާޒު ވަނީ، ރައީސް ނަޝީދު ފައްޔާޒުގެ އިތުބާރު ނެތްކަމަށް ސޮއި ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު އަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ގެންދަވަނީ ފައްޔާޒުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ