ފަރިތަކުރުންތަކާ ނިރުބަވެރި ހަމަލާއެއްގެ ނުރައްކަލަކާ ގުޅުމެއް ނެތް - އެމްއެންޑީއެފް

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ނިރުބަވެރި ހަމަލާއެއްގެ ނުރައްކާ އޮވެގެން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ނޫންކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

މިއަދު މި ފެށުނީ މިސިލްސިލާގެ ދެވަނަ ތަމްރީންތައްކަމަށް އެމްއެންޑީއެފުން ވިދާޅުވާއިރު މިފަރިތަކުރުންތައް ފުރަތަމަ ފެށީ 05 މެއި 2019 ގައެވެ.

އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތައް މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން ފަށާފައިވާއިރު، މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ