އަލްހާން ފަހުމީ ރައީސް ނަޝީދުއާއެކު - ފޮޓޯ: އަވަސް

ދެ ރީނދޫ ކާޑު ދައްކައިފި! ދެން ނަޝީދުއަށް ދައްކާނީ ރަތްކާޑު!: އަލްހާން

މަޖިލީހުގެ ރައީސް، ރައީސް ނަޝިދުއަށް ދެ ރީނދޫކާޑު ދައްކައިފިކަމަށާއި، ދެން ދައްކާނީ ރާތް ކާޑެއްކަމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އަށް އިޝާރާތް ކުރައްވައި އަލްހާން މިފަދައިން ފާޑު ވިދާޅުވެފައިމިިވަނީ އިކޮނިމޮކް މިނިސްޓަރ ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުން ކުރައްވަމުން ގެންދަވާދުވަސްވަރެއްގައެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓްގެ މައްސަލާގައި ގިނަ މެންބަރުންތަކެއްގެ ސޮއި ހޯދާފައިވާކަމަށް ވަނީ އަޑުތައް ފެތުރިފައެވެ. އަދި މިކަމާއި ދެކޮޅުކަން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުން ވަނީ ހާމަ ކުރައްވާފައެވެ.

ފައްޔާޒުގެ މައްސަލާގައި ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން ރައީސް ނަޝީދަށް އަމާޒުވެފައިވަނިކޮށް، ފައްޔާޒު "ބްރޯ" ހެދިގެން ނޫޅުމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ސޮއިކުރެއްވި މެމްބަރުންނަށް ނުގުޅުއްވާނެ ކަމުގައި މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާރު އަކީ މި ސަރުކާރުގައި ބާރުގަދަ ވަޒީރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރައްވާ ވަޒީރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ