ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވަނީ ބާޠިލް ދަޢުވާތަކެއްކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޖީ އަކަށްޝަމީމު ހުރެގެން އެމް.އެމް.ޕީ.އާރު.ސީ އާ ގުޅިގެން އުފުލައި ކޮންމެ ދައުވާއެއް ވާނީ ބާތިލް ދަޢުވާއަކަށްކަމަށާއި، ސަބަބަކީ އެމް.އެމް.ޕީ.އާރު.ސީ މަސްއަލައިގައި އަދީބާ ޒިޔަތުގެ ވަކީލަކީ ޝަމީމްކަމަށްވާތީކަމަށެވެ.
އެހެންކަމުން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވާނީ ބާތިލް ދަޢުވާ ތަކަކަށްކަމަށް އަދުރޭގެ މިޓްވީޓުގައި ބުނެފައިވެއެވެ.
ޕީޖީ އަކަށްޝަމީމު ހުރެގެން އެމް.އެމް.ޕީ.އާރު.ސީ އާ ގުޅިގެން އުފުލައި ކޮންމެ ދައުވާއެއް ވާނީ ބާތިލް ދަޢުވާއަކަށް.ސަބަބަކީ އެމް.އެމް.ޕީ.އާރު.ސީ މަސްއަލައިގައި އަދީބާ ޒިޔަތުގެ ވަކީލަކީ ޝަމީމް.އެހެންވީމާ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ވާނީ ބާތިލް ދަޢުވާ ތަކަކަށް.
— Abdul Raheem Abdulla (@Banafsaa) August 14, 2020
އަބްދުއްރަހީމް އެގޮތަށް ވިދާޅުވިއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާ ދެ ދައުވާއެއްގެ ޝަރީއަތް ވަނީ އަންނަ އަދިއްތަ ދުވަހަށް ތާވަލުކޮށްފަ އެެވެެ. އެއީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރި މުއާމަލާތާއި ގުޅިގެން ކުރާ ދެ ދައުވާ އެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަށްޗަށް މަނީ ލޯންޑަރިންގެ ކުއް ސާބިތުވެ އެޙުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަދި އެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ. މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ޙުކުމެކެވެ.
ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވާފައިވަނީ ނުޙައްޤުންކަމަށްބުނެ، އިދިކޮޅުން އެމަނިކުފާނު މިނިވަންކުރަން ތަކުރާރުކޮށް ސަރުކާރަށްދަނީ ގޮވާލަމުންނެވެ.



