ހަބަރުހުސްވެގެން މަޖީދީމަގަށް ވެއްޓިފައި އޮތް މީހެއް - ފެށުން ފޮޓޯ: ވިޝާމް

ހަބަރުހުސްވެގެން މަޖީދީމަގަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

ހަބަރުހުސްވެގެން ވެރިރަށް މާލޭ މަޖީދީމަގަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.

އެމީހާ ވެއްޓިފައި އޮތީ މަޖީދީމަގުގައި ހުންނަ ކޮންޑެކޯ ފިހާރަ ކުރިމައްޗަށެވެ. އެސަރަޙައްދުގައި އެންބިއުލާންސްއާއެކު ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެމީހާ މަގުމައްޗަށް ވެއްޓިފައިވަނީ ހަބަރުހުސްވެގެންނެވެ. އަދި އެމީހާ ވެއްޓިފައިވަނީ ހިނގާފައި އަންނަނިކޮށްކަމަށް މަންޒަރުދުން ފަރާތްތަކުންވަނީ ބުނެފައެވެ.

ހަބަރުހުސްވެގެން މަޖީދީމަގަށް މީހަކު ވެއްޓުމާއި ގުޅިގެން ހަރަކާތްތެރިވަނީ - ފެށުން ފޮޓޯ: ވިޝާމް

ފުލުހުން ވިދާޅުވީ، މަޖީދީމަގު، ނަލަހިޔާކައިރި މަގުމައްޗަށް މީހަކު ވެއްޓިފައިއޮތްކަމުގެ މަޢުލޫމާތު މިރޭ 19:48 ހާއިރު ލިބިފައިވާކަމަށެވެ.

ވެއްޓިފައިވަނީ ބިދޭސީއެއްކަމަށާއި، އެމީހާ ވެއްޓިފައިވަނީ ބޮލަށް އެނބުރުން އަރައިގެންކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެމިހާ މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންސގޮސްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ