"ނީނާ"ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި

މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ބަވަތި" ގެނެސްދީފައިވާ އައިފިލްމްސް އިން ނެރުމަށް ހަމަޖެހިފައިވާ ދެވަނަ ފިލްމު "ނީނާ" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

"ބަވަތި"ގެ ވެސް ބަތަލާގެ ރޯލް ކުޅުނު ހުނަރުވެރި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ލީޑްރޯލް ކުޅޭ މި ފިލްމަކީ ޔަގީންކުރެވޭ ގޮތުން ދިވެހި ސިނަމާ އިން ފެންނާނެ ތަފާތު ފިލްމަކަށް ވާނެއެވެ.

"ނީނާ"ގެ މި ޓީޒާ ޓްރެއިލާއިން ނުޒޫގެ ތިން ލުކެއް ފެންނެއެވެ. އެހެންކަމާއެކު މިފިލްމު ތަފާތުވެގެންދާނެކަން މިޓީޒާ އިން ސާބިތުކޮށްދެ އެވެ.

View this post on Instagram

NINA Teaser Trailer #ninathemovie2020 #ifilmsmv

A post shared by I Films (@ifilmsmv) on

"ނީނާ" އަކީ އިއްލެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ ކްރައިމް ތުރިލާއެކެވެ. މި ފިލްމުގެ ޝޫޓިން އޮތީ މި އަހަރުގެ ކުރީކޮޅު ލ. އަތޮޅުގައި ނިންމާލައިފަ އެވެ. އިއްލެގެ އައި ފިލްމްސް އިން ގެނެސްދޭ ދެވަނަ ފިލްމުން އާ އެކްޓަރަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ ޝަރަފު އަބްދުﷲ އެވެ.

އެ ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނީ ހަމްދާން ފާރޫގު، އަލީ ޔޫޝައު، ނާޖިހާ އަޒޫރު، އަލީ އިނާޒް، މުހައްމަދު އަލީ، ހަސަން ޝިނާންގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ