އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް

ކުރިއަށް 24 ގަޑިއިރުގެ މޫސުން ލަފާކޮށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އެހެންހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުންގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 06 މޭލާއި 16  މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ