މާދަމާ ހެނދުނު ހެންވޭރު ދަނޑުހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަނީ

މާލޭގެ ބަޔެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސުޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސުޓެލްކޯއިން މިކަން ހާމަކޮށް ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ހެންވޭރު ދަނޑުހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަންޖެހުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

ކަރަންޓު ކަނޑާލަން ޖެހިއްޖެ ހާލަތެއްގައި މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީނަމަވެސް މަސައްކަތް ނިމުނުހާއަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށްވެސް ސުޓެލްކޯއިން ބުނެފައި ވެއެވެ.

މެއިންޓެނެންސްގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ސުޓެލްކޯއިން ދޭތެރެދޭތެރެއިން މާލޭގެ އެކި ހިސާބުތަކުން އާނމުކޮށް ކަރަންޓު ކަނޑާލަމުން ދެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ