އަލްހާން ފަހުމީ ޕީޕީއެމްގެ ރިޔާސީ ކެމްޕއިންގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ : އަވަސް

މާލޭ ދަފްތަރު އުވާލައި ހުޅުމާލޭން 10،000 ގޯތި ހިލޭ: އަލްޙާން

ރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގެ ދަޕްތަރު އުވާލައި އެމީހުންނަށް ހުޅުމާލޭން 10،000 ގޯތި ހިލޭ ދޫކުރާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްޙާން ފަހުމީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ މާލޭ ސިޓީގެ މޭޔަރ ކަމަށް ހޮވިވަޑައިގެންފި ނަމަ މާލޭގެ ދަފްތަރު އުވާލާނެ ކަމުގައެވެ.

"ކުރީގެ ސަރުކާރު ތަކުން ޤައުމީ ތަރައްގީގެ ފޯކަސް ހަމައެކަނި މާލޭގެ ސަރަހައްދަށް ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ޒަރޫރީ ބޭނުމުގައި މާލެއަށް ދިރިއުޅުން ބަދަލުކޮށް، މާލޭގެ ދަފްތަރުގެ ނަމުގައި ހެދި ފޮތެއްގައި ރަޖިސްޓްރީވެ، މާލޭ މީހުންގެ ގޮތުގައި މަގުމަތިވެ ބިކަ ހާލުގައި އުޅޭކަން ނުދަންނަ ދިވެއްސެއް ނުހުންނާނެ" އަލްޙާން ވިދާޅުވިއެވެ.

އަލްޙާން އިތުރަށް ިވދާޅުވެފައިވަނީ މާލޭ ދަފްތަރު އުވާލައި އެމީހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭން 10،000 ގޯތި ހިލޭ ދޫކުރާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ