ކަސްޓަމަރުންގެ ބަރުދަން ބެލި މައްސަލައިގައި ޗައިނާގެ ރެސްޓޯރެންޓަކުން މާފަށް އެދެފި

ރެސްޓޯރެންޓުން ކާއެއްޗިއްސަށް އޯޑަރު ކުރުމުގެ ކުރިން ކޮންމެ ކަސްޓަމަރެއްގެވެސް ބަރުދަން އަމިއްލައަށް ބަލައި ބަރުދަނާއި އެކަށީގެންވާ ކާއެއްޗެއް އޯޑަރުކުރުމަށް ޗައިނާގެ ރެސްޓޯރެންޓަކުން އެ ރެސްޓޯރެންޓުގެ ކަސްޓަމަރުންނަށް އެންގި މައްސަލައިގައި ރެސްޓޯރެންޓުން މާފަށް އެދެފިއެވެ.

ޗައިނާގެ ޗަންގްޝާ ސިޓީގައި ހުންނަ ގެރިމަހުން ތައްޔާރުކުރާ އެކިކަހަލަ ކާބޯތަކެތި ހެދުމަށް ހާއްސަ މި ރެސްޓޯރެންޓުން މިގޮތަށް އަމަލުކުރަން ފަށައިފައިވަނީ ޗައިނާގެ ސަރުކާރުން އެގައުމުގައި އިސްރާފުކުރާ ކާބޯތަކެތި މަދުކުރުމަށް ގައުމީ ފެންވަރުގައި މިހަފްތާގައި ފެށި ކެމްޕެއިނަށް އެއްބާރުލުން ދިނުމުގެ ސަބަބުންނެވެ.

މިގޮތުން މި ރެސްޓޯރެންޓުންވަނީ ރެސްޓޯރެންޓަށް ވައްނަތާ ބަރުދަން ބެލޭނެގޮތް ހަމަޖައްސައި ކަސްޓަމަރުންގެ ބަރުދަން ރެސްޓޯރެންޓުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއްގައި ޖެހުމުން އެބަރުދަނަކާއި އެންމެ އެކަށީގެންވާ މެނޫ ފެއްނާނެގޮތް ހަދައިފައެވެ.

ރެސްޓޯރެންޓުގައި ބަރުދަނާއި އެކަށީގެންވާ މެނޫތައް ފެއްނާނެގޮތް ހަދައިފައި

ރެސްޓޯރެންޓުގެ މި އާޕޮލެސީއާއި ގުޅިގެން ޗައިނާގެ މީސްމީޑިއާގައި މި ރެސްޓޯރެންޓަށްވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިގޮތުން މި ރެސްޓޯރެންޓާއިގުޅޭގޮތުން ބޭނުން ކޮށްފައިވާ ހޭޝްޓެގްތައް 300 މިލިއަންފަހަރު އެގައުމުގެ މީސްމީޑިއާ ނެޓްވޯކްތަކުގައި ބަލައިފައި ވެއެވެ.

އާންމުންގެ ފަރާތުން ރެސްޓޯރެންޓަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު ރެސްޓޯރެންޓުން އެންމެފަހުންވަނީ ކަސްޓަމަރުންނާއި އަދި އާންމު ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

ރެސްޓޯރެންޓުގެ ފަރާތުން އާމުންގެ ކިބައިން މާފަށް އެދެމުން ބުނެފައިވަނީ ކާބޯތަކެތީގެ އިސްރާފު މަދުކުރުމަށް ސަރުކާރުގެ ފަރާތުން ފެށި ގައުމީ ކެމްޕެއިންގެ މާނަ އެ ރެސްޓޯރެންޓަށް މާނަކުރެވުމުގައި އޮޅުން އެރީ ކަމަށާއި ރެސްޓޯރެންޓުން ކަސްޓަމަރުންގެ ބަރުދަން ބަލަން ނިންމީ ދުޅަހެޔޮ ކާނާ ކެޔުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ