ޗެމްޕިއަންސް ލީގު ގަދަ ހަތަރަކަށް ޖަރުމަނު ދެ ޓީމާއި ފްރާންސް ދެ ޓީމު

ޔޫއެފާ ޗެމްޕިއަންސް ލީގު މިސީޒަންގެ ގަދަ ހަތަރަކަށް ޖަރުމަނަށް ނިސްބަތްވާ ދެ ޓީމާއި ފްރާންސަށް ނިސްބަތްވާ ދެ ޓީމު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާރ ފައިނަލް މެޗުތައް ނިމި ސެމީއަށް ދަތުރުކޮށްފައިވާ ހަތަރު ޓީމު މިހާރު ޔަޤީންވެފައިވާއިރު، އެޓީމުތަކަކީ، ޕީއެސްޖީ، ލެއިޕްޒިގް އަދި ބަޔާން މިއުނިކްގެ އިތުރުން ލިޔޯންއެވެ. އޭގެތެރެއިން ލެއިޕްޒިގް އަދި ބަޔާން މިއުނިކް ނިސްބަތްވަނީ ޖަރުމަނަށެވެ. އަދި ޕީއެސްޖީ އާއި ލިޔޯންއަކީ ފްރާންސްގެ ދެ ޓީމެވެ.

ޕީއެސްޖީ ސެމީއަށް ދަތުރުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުން އެޓަލަންޓާ ބަލިކޮށްގެންނެވެ. އަދި ކުއާޓާރ ފައިނަލްގައި ލެއިޕްޒިގް އެތުލެޓިކޯގެ މައްޗަށް ކުރި ހޯދާފައިވަނީވެސް 2-1 ގެ ނަތީޖާއަކުންނެވެ. މީގެއިތުރުން ބަޔާން މިއުނިކް ސެމީއަށް ދަތުރުކުރީ ކުއާޓާރ ފައިނަލްގައި ފަޞޭޙަކަމާއެކު 8-2 ގެ ނަތީޖާއަކުން ވަރުގަދަ ބާސެލޯނާ ބަލިކުރުމަށް ފަހުގައެވެ. މުޅި ދުނިޔެ ޙައިރާންކޮށްލުމަށްފަހު ލިޔޯން ސެމީއިން ޖާގައެއް ކަށަވަރުކުރީ 3-1 ގެ ނަތީޖާއަކުން މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި އޮތް ސިޓީ ބަލިކޮށްފައެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިމަހުގެ 18 އަދި 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، 18 ވަނަ ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލެއިޕްޒިގް އަދި ޕީއެސްޖީއެވެ. އަދި ޖެހިގެން އަންނަ ރޭ ކުޅޭ ސެމީ ފައިނަލްގައި ދެވަނަ މެޗުގައި ލިޔޯން އަދި ބަޔާން މިއުނިކް ބައްދަލުކުރާނެއެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ އާދިއްތަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ