ފޮޓޯ: މޯލްޑިވްސް ޓުޑޭ

ޔާމީން މޫދަށް އެރުމަށް ޖަލުގައި ޓްރެކެއް ހަދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މޫދަށް އެރުމަށް މާފުށީ ޖަލުގައި ޓްރެކެއް ހަދަން ފަށައިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެެ އެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް ފެތޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އިމްރާނާއި ބައްދަލުކޮސް އެދިފައިވާއިރު، ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އިމްރާން ވިދާޅުވީ މާފުށި ހިއްކަން ފެށުމުގެ ސަބަބުން މޫދަށް އެރެން އޮތް ތަނަށް ވަރަށް ބާރު އޮއިވަރެއް އައުމުގެ ސަބަބުން ފެތުމުގެ އިންތިޒާމް މެދު ކަނޑާލުމަށް އަންގައިފައި ވާނޭ ކަމަށާއި އެހެނަކަމުން އެތަނަށް ރައީސް ޔާމީން މޫދަށް އެރުވަން ނުކެރޭނެ ކަމަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަދި ރައީސް ޔާމީން މޫދަށް އެރުމަށް ޓްރެކެއް ހަދާފައި މޫދަށް އެރޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މިކަން ހުއްޓިފައި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށާއި އަދި މިކަމުން ރަނގަޅުވުމުން ޓްރެކް ހަދައިދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނަށް ރާއްޖެ ޓީވީ ބެލޭނެ ގޮތް ހަމަޖެއްސެވުމަށް އިދިކޮޅު ފަރާތްތަކުން އެދިފައިވާ ކަމަށާއި ވަރަށް ފަހުން ޖަލުގެ ކަރަންޓާއި ފްރީކުއެންސީއަށް ދިމާވި މައްސަލައަކާއި ގުޅިގެން ޓީވީ ޗެނެލް ބެލުމުގެ ހިިދުމަތް މެދުކެނޑުމެއް އައިކަމަށާއި ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް، ދައުލަތުގެ މީޑިއާ އާި ޕީއެސްއެމްގެ ޗެނެލްތައް ބެލޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އިތުރު ޗެނެލްތަށް ފެންނާނެ ގޮތް ހަދައިދޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީން ގެ ޝަރީއަތް، އެމަނިކުފާނުގެ ޤާނޫނީ ވަކީކުންނާއި ބައްދަލުވާނޭ މަގު ބަނދުކުރުމަށް ފަހު، ރައްޔިތަކަށް ލިބެންވާ އެންމެ އަސާސީ ހައްގު ތަކުން ވެސް މަހުރޫމު ކުރެވިފައިވާ ކަމަށާއި އަދި އެންމެ އަސާސީ ހައްގު ތަކުން މަހުރޫމް ކުރުމަށްފަހު އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން އަށް ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުޞަތު ނުދެއްވުމަކީ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށާއި ކޯޓުގެ އެންގުން ތަންފީޒުކޮށް ލަސް ނުކުރައްވައި އެމަނިކުފާނަށް ވަކީލުންނާއި ބައްދަލުކުރެވޭނެ ގޮތް ހައްދަވައި ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސައީދު ވެސް މީގެ ކުރިން ވަނީ ގޮވާލައްވައިފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި މަންފާ ހޯއްދެވިކަން ސާބިތުވެ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހު ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރުމަށް ހުކުމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ