އިކާޑީ އަދި މެސީ - ފޮޓޯ: ސްޕޯޓް އިންގްލިޝް

ކޮޕާ އެމެރިކާ – އާޖެންޓީނާ ޤައުމީ ޓީމުގައި މެސީ، އިކާޑީއަށް މިފަހަރުވެސް ފުރުޞަތެއް ނެތް

މިއަހަރު ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާއަށްދާ އާޖެންޓީނާގެ ޤައުމީޓީމު 23 ކުޅުންތެރިން އިޢުލާންކޮށްފިއެވެ. މިޓީމުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީވެސް ހިމެނެއެވެ.

ރަޝިއާގައި ކުޅެވުނު 2018 ވޯލްޑްކަޕްގެ ހިތްދަތި ތަޖުރިބާއަށްފަހު މެސީ އާޖެންޓީނާ ޤައުމީ ޓީމާ އަމިއްލައަށް ދުރުވިނަމަވެސް މިއަހަރުގެ މާރޗްމަހު ކުޅެވުނު ރަޙްމަތްތެރިކަމުގެ މެޗެއްގައި މެސީވަނީ ބައިވެރިވެފައެވެ. ވެނެޒުއޭލާއާއެކު ކުޅުނު އެމެޗުން އާޖެންޓީނާ ދަށްވީ 3-1 ގެ ނަތީޖާއަކުންނެވެ.

ކޯޗު ސްކަލޯނީގެ އިރުޝާދުގެ ދަށުން  ކޮޕާ އެމެރިކާއަށް ނިކުންނަ އާޖެންޓީނާގެ ޤައުމީ ޓީމު 23 ކުޅުންތެރިން އަންގާރަ ދުވަހު އިޢުލާންކުރިއިރު އެންމެ ޙައިރާންކޮށްލެވޭ ކަމަކަށްވީ މި 23 ކުޅުންތެރިންގެ ލިސްޓްގައި އިންޓަމިލާންއަށް ކުޅެމުން އަންނަ މައުރޯ އިކާޑީ ނެތުމެވެ.

މިދިޔަ އަހަރުގެ ވޯލްޑްކަޕްގައިވެސް އޭރުގެ ކޯޗު ސަންޕޯލީ އިރުޝާދުގެ ދަށުން ނިކުތް އާޖެންޓީނާގެ ޓީމުގައި އިކާޑީ ނެތިގެން ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ. އުމުރުން 26 އަހަރުގެ އިކާޑީގެ ފަރާތުން މިނިމުނު ސީޒަންގައި ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އިކާޑީއަށް 2019 ވަނަ އަހަރު ސީރީއާގައި ކާމިޔާބުކޮށްދެވިފައިވަނީ އެންމެ 2 ލަނޑެވެ.

ކޮޕާ އެމެރިކާގައި ތަމްޞީލުކުރާ އާޖެންޓީނާގެ ޤައުމީޓީމު ކުޅުންތެރިންގެ ތެރޭގައި މެސީ، އަގުއެރޯ، ޑިމާރިއާ އަދި ދިބާލާ ފާހަގަކޮށްލެވެއެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާގެ ޤައުމީ ޓީމު ނިކަރަގުއާއާއި ދެކޮޅަށް ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ކޮޕާ އެމެރިކާގެ ގްރޫޕް ބީ ގައި އާޖެންޓީނާ ހިމެނޭއިރު އާޖެންޓީނާއާއެކު އެގްރޫޕްގައި ދެން ހިމެނެނީ ކޮލަންބިއާ، ޕެރެގުއޭ އަދި ގަތަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Helow

    Icaradi only two goal ey

  2. Mulla

    Vaanuvaa ga dho feshun

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ