މަސްވެރިންނާއި ދަނޑުވެރިންގެ ޝަކުވާތައް އަޑުއެހުމަށް ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ނިކުންނަވައިފިއެވެ.
ޑީއާރުޕީއިން ހާމަކުރައްވާފައިވާ ގޮތުގައި އެޕާޓީގެ ލީޑަރ މިއަދު ވަނީ މަސްވެރިންގެ މާކެޓްއަށާއި ދަނޑުވެރިންގެ މާކެޓަށް ޒިޔާރާތްކޮށް އެފަރަތްތަކުގެ ކަންބޮޑުވުން އައްސަވާފައިކަމަށެވެ. މީގެ އިތުރުން ޖާބިރު މިއަދު ވަނީ ޗާންދަނި މަގުގެ ގެސްޓް ފިހާރަތައް ހުންނަ ސަރަހައްދަށް ވަޑައިގެން އެފަރާތްތަކާއިވެސް ބައްދަލު ކުރައްވާފައެވެ.
މަސްވެރިންނާއި ދަނޑުވެރިންގެ ހާލު ބެއްލެވުމަށް ޖާބިރު ނިކުންނެވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަޤާމުން އިސްތިއުފާ ދެއްވުމަށްވެސް ޖާބިރު މިއަދު ވަނި ގޮވާލައްވާފައެވެ. އެގޮތުން މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައި ޖާބިރު ރައީސް ޞާލިޙް އަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން ބިކަވެ، ސަރުކާރު ފެއިލްވެފައިވާކަމަށެވެ.
#DRP Leader @chairmanjabir miadhuvanee Maskeringe Market ashaai dhanduveringe markeytah ziyaaraikoh efaraaithakuge kanboduvun assavaafa @avasmv @raajjemv @sunbrk @Mihaarunews @oneonlinemv @VaguthuOnline @addulive @cnm_mv @psmnewsmv @DhivehiChannel @Ch13official @Raajje_tv pic.twitter.com/l0xesywl3J
— DRP (@drpmaldives) August 16, 2020
މީގެ އިތުރުން ކޮވިޑް-19 ގެ މި ހާލަތުގައި ރައީސް ކަންތައް ކުރައްވަމުން ގެންދަވަނީ ކިހިނެތްތޯ ސުވާލު ކުރައްވައި ޖާބިރު ވިދާޅުވެފައި ވަނީ އެތައް ސަތޭކަ ދިވެހިންގެ ވަޒީފާ ގެއްލި، ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތުގައި މުޅި އުމުރު ހޭދަކުރެއްވި ރައްޔިތުން ބިކަވެފައިވާކަމަށެވެ. އަދި މަސްވެރިންނާއި ދަނޑުވެރިންނަށް ހަމައަގުގައި ވިޔަފާރި ނުކުރެވި، ރާއްޖޭގެ އެންމެހާ ރައްޔިތުން ދަރަނިވެރިވެފައިވާ ކަމަށްވެސް ޖާބިރު ވަނި ވިދާޅުވެފައެވެ.
ދިވެހި މަސްވެރިން ބާނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދީ މަސްވެރި އާއިލާތައް ބިކަވަމުންދާކަމަށް ވިދާޅުވެ ޑީއާރުޕީގެ ލީޑަރ ޖާބިރު ވަނީ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއްވެސް ހުށައަޅުއްވާފައެވެ. އަދި މާދަމާގެ ޖަލްސާ ބެއްލުވުމަށް ހުރިހާ މަސްވެރިން މަޖިލީހުގެ ޗެމްބަރަށް ވަޑައިގެންދެއްވުމަށް ޖާބިރު ދަޢުވަތު އަރުވާފައިވާއިރު، މި މަސައްކަތަށް ހިތްވަރު ދެއްވުމަށް ވަޑައިގެްނ ދެއްވުމަށް ޖާބިރު ވަނި ދަންނަވާފައެވެ.



