މިސަރުކާރުގައި ތިބި ޚިޔާނާތްތެރިންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޝެއިޚު ޢަލީ ޒައިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޓްވިޓާރ މެދުވެރިކޮށް ޒައިދު ވިދާޅުވީ، އިޤްތިޞާދީ ބޮޑު ވަޅުގަނޑެއްގައި ޤައުމު އޮއްވާ މަކަރާއި ހީލަތުން އެތަށް ފައިސާއެއް ބައެއް މީހުން ކައިފައިވާކަމަށް ތުޙުމަތު ކުރެވޭކަމަށާއި، މިކަންކަން ބެލެން ޖެހޭކަމަށެވެ.
އަދި މި ސަރުކާރުގައި ތިބެ، ރައްޔިތުންގެ މުދަލާ ފައިސާއަށް ޚިޔާނަތްތެރިވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޒައިދުވަނީ ސަރުކާރަށް ގޮވާލާފައެވެ.
Mi Sarukaarugai thibe, Rayyithunge mudhalaa faisaa ah, khiyaanaai therivy myhunnaa medhu Harukashi fiyavalhu elhumah sarukaarah govaalan! Iqthisoadhy bodu valhugandeh gai Qaumu ovvai makaraa heelathun etah faisaa eh baeh meehun kaifi kamah thuhumath kurevey! Mikankan belen jehey!
— Ali Zaid (@alizaid1000) August 16, 2020
ޒައިދު މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައްޔާއި، ކ. ވިލިވަރުގައި ހެދި ކަރަންޓީނު ފެސިލިޓީ ހެދުމަށް ޚަރަދު ކުރުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ކަންތައްތަކެއް ހުރިކަން އޮޑިޓު ރިޕޯރޓުންވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ވިލިވަރު ކަރަންޓީނު ފެސިލިޓީ ހެދުމުގައި ބިޑު ކޮމިޓީ އިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ނިންމުމުގެ ކުރިން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވުމާއި، މަސައްކަތުގެ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޙިލާފްވުމުގެ އިތުރުން ވިލިވަރުގައި ހެދި ވަގުތީ ކަރަންޓިނު ފެސިލިޓީއަށް ކުރަން ޖެހޭ އިންސްޕެކްޝަންތައް ނުކޮށް ކުރަން ޖެހޭ ޙަރަދަށް ވުރެ ބޮޑު ޙަރަދެއްކޮށްފައިވާކަން އޮޑިޓު ރިޕޯރޓުންވަނީ ފާގަހަކޮށްފައެވެ.
މީގެއިތުރުންވެސް ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަން މިއަދު ނެރެފައިވާ އޮޑިޓް ރިޕޯރޓުންވަނީ ފާހަގަކޮށްފައެވެ.
އަދި ވެންޓިލޭޓަރުތައް ގަތުމުގައި ދުބާއީގެ ކުންފުންޏަކާ 75 ވެންޓިލޭޓަރުގެ ގެންނަން ހަވާލުކުރީ ޑަބްލިއުއެޗްއޯގެ ލަފައާ އެކު ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވިޔަސް އެ ކުންފުންޏާ އެކު ހިންގާފައިވާ މުއާމަލާތަކީ މުޅިން ވެސް މަކަރާއި ހީލަތްކަންވެސް އޮޑިޓް ރިޕޯޓުންވަނީ ހާމަވެފައެވެ.
ވިލިވަރު ކަރަންޓީނު ފެސިލިޓީ ހެދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް: އޮޑިޓް ރިޕޯޓް





ހިޔާލު
އެހެންތަ؟ އެބަތިބިތަ ޙިޔާނާތްތެރިން؟ އަޅެ ކިޔާލަބަލަ ދެތިން ނަމެއް. ފައްޓާ ޒީރޯޓޮލެރެންސް އިބޫއިން..