ރާއްޖޭގެ ހަތަރު ރަށެއްގެ ބޮޑެތި މަގުތައް ކުރު މުއްދަތެއްގެ ތެރޭ ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެެނީ (ޢެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިއަދު މެންދުރު ހައުސިން މިނިސްޓަރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤް ސޮއި ކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ހަސަން ޝާޙްއެވެ.
އެއްބަސްވުންތަކުގެ އަގު:
- ހދ.ހަނިމާދޫ: 46799227.79ރ (ސާޅީސް ހަމިލިއަން ހަތްލައްކަ ދުއިސައްތަ ހަތާވީސް ރުފިޔާ ހަތްދިޔަ ނުވަލާރި)
- ރ.އުނގޫފާރު: 19399771.26ރ (ނަވާރަ މިލިއަން ތިންލައްކަ ނުވަދިހަ ނުވަހާސް ހަތްސަތޭކަ ހަތްދިހަ އެއްރުފިޔާ ސައްބީސް ލާރި)
- ލ.ފޮނަދޫ: 25576576.53ރ (ފަންސްވީސް މިލިއަން ފަސްލައްކަ ހަތްދިހަ ހަހާސް ފަސްސަތޭކަ ހަތްދިހަ ހަރުފިޔާ ފަންސާސް ތިންލާރި
- ރ.ފުވާފަރު: 28251542.52ރ (އަށާވީސް މިލިއަން ދެލައްކަ ފަންސާސް އެއްހާސް ފަސްސަތޭކަ ސާޅީސް ދެރުފިޔާ ފަންސާސް ދެލާރި
މި ހަތަރު ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި ރަނގަޅު ފެންވަރަށް ހެދުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވަނީ 240 ދުވަސް (8 މަސް) ދުވަހުގެ ތެރޭގައި ނިންމުމަށެވެ.




