ފޮޓޯ: ޓުޑޭ އެމްވީ

ގަވާއިދާއި ހިލާފަށް އަލިފުށްޓަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފި

ގަވާއިދާއި ހިލާފަށް އަލިފުށްޓަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ފުރަބަންދުތެރޭ މާލެއިން ރަށްރަށަށް ދަތުރުކުރުމާގުޅޭ ގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލާއި ޚިލާފަށް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަނެތި، މާލެއިން ފުރައިގެންގޮސް، ހަދަމުންދާ ރިސޯޓެއްގައި ތިބުމަށްފަހު ރ. އަލިފުއްޓަށްދިޔަ 2 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ 47 އަހަރުގެ އަދި 36 އަހަރުގެ ދިވެހި 2 ފިރިހެނަކުން ކަމަށާއި މި 2 މީހުން އަލިފުއްޓަށް ގޮސްފައިވަނީ މި އޮގަސްޓް މަހުގެ15 ވަނަ ދުވަހު ކަމަށް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން އެދެމީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މުއްދަތު މަޖުލީހުގައި އެދެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތުދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ