ފޮޓޯ: މަޖިލިސް ގެލެރީ

މަސްވެރިން ބިކަވެފައިވާ ކަމަށް ބުނެ ޖާބިރު ކުއްލި މައްސަލައެއް ހުށަހަލައިފި

މަސްވެރިން ބިކަވެފައިވާ ކަމަށް ބުނެ ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހަލައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ވަރަށް ބޮޑަށް ވިސްނާ މި ކުއްލި މައްސަލަ ބަލައިގަތުމަށް ޖާބިރު އެދިވަޑައިގެންފައި ވެއެވެ.

ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި ބުނެފައިވަނީ ޒަމާނުއްސުރެ ރާއްޖޭގެ އިޤްތިސާދުގެ އެއް ސިނާއަތަކީ މަސްވެރިކަން ކަމަށާއި މަސްވެރިން  އަވަދިނެތި ދިވެހި ކަނޑުތަކުން ބާނާ މަސް ވިއްކައިގެން މަސްވެރި އާއިލާ ތަކުގެ ދުވަހު ކޮއްތު ހަމަޖައްސައި އެ ގޭބިސީތަށް މަސްވެރިކަމުން ލިބޭ އާއްމުދަނީ އިން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުން އަންނަ ކަމަށެވެ.

ނަމަވެސް މިހާރު ކުރިއާ ހިލާފަށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދީ މަސްވެރިނަނަށް ލިބެންޖެހޭ ފައިސާގެ ބަދަލުގައި ފައިސާގެ ރަސީދު ދީ އެތައް ދުވަހަކު ފައިސާ ނުދީ ހިފަހަށްޓަމުން ދާ މަންޒަރު މިހާރު ފެންނަމުން ދާތީ އާއި ދިވެހި މަސްވެރިން އާއްމުދަނީ ހޯދަމުން އެދަނީ ޅ. އަތޮޅަށް މަސް ކިރުވައި އެފަރާތްތަކުން އެވަގުތު ދޭ ފައިސާގެ ރަސީދު ހިފައިގެން ލ. އަތޮޅަށް ގޮސް އަމިއްލަ ޖީބުގައި ހުރި ފައިސާ އިން އައިސް ގަނެގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.

މަސްވެރި އާއިލާތަކެއް އިތުރަށް ބިކިވެ ޤާނޫނު އަސާސީން އެ ފަރާތްތަކަށް ކަށަވަރު ކޮށްދޭ މިނިވަން ކަމުން އެ ފަރާތްތައް މަހްރޫމް ވެފައިވާތީ އާއި ދަތިހާލުގައި ނުހަނު ގެއްލުމުގައި ދިވެހި މަސްވެރިން މަސައްކަތުގައި ހަރަކާތަތެރި ވަމުން އަންނަނިކިށް ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގަތިސޯދަށް މިއައި ކުއްލި ލޮޅުމާއި ގުޅިގެން ލިބުނު ގެއްލުން އެތައް ގުނަ އަކަށް އިތުރުވެ މަސްވެރި އާއިލާ ތަކަށް އިތުރު ގެއްލުން ތަކެއް ލިބި އެ ގެއްލުން ތަކަކީ ފޫ ނުބެއްދޭ ވަރުގެ ގެއްލުން ތަކެއް ކަމަށް ވާތީ އާއި ދިވެހި އިގްތިސާދުގެ އެއް ސިނާއަތު ކަމަށް ވާ މަސްވެރިކަން ހުއްޓިގެން ދިޔަނުދީ އެ ސިނާއަތު އަލުން އިޔާދަ ކުރުމުގެ ބުރަ މަސައްކަތުގައި އަތްވާއި ވާރެ އާއި ފުރާނަ އަތް މަށްޗަށް ލައިގެން މަސްވެރިކަން ކުރަމުން ދާ ފަރާތްތަކާއި އެ ފަރާތްތައް ބިކަވަމުން ދާ ކަން ފާޅުކަން ބޮދު ގޮތެއްގައި އެގެން އޮތް ކަމަށް ޖަބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ ދިވެހި ސަރުކަރުން ޗައިނާ އާއި މެދު ހަދައިފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓައި މަސްވެރިކަމުގެ ދޮރުތައް ބަންދުކޮށް މި ސަރުކާރުން މަސްވެރިނަނަށް ވެފައިވާ ވައުދުތައް ނުފުއްދާ މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާތީ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ތަހަންމަލު ނުކުރެވިގެން މަސްވެރިންނަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކުރަން މަގުމަށްޗަށް މުޒާހަރާ ކުރަން ނިކުންނަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

މަސްވެރިންނަށް ލިބެންޖެހޭ އެންމެހާ ހައްގުތައް ދިނުމަށް ސަރުކާރުގެ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން ނަމަވެސް މަސްވެރިންނަށް ހައްގުވާ ފައިސާ ވަގުތުން ވަގުތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި މަސްވެރި އާއިލާ ތަކަށް ކުރިމަތި ވެފަވާ ދަތިތަކުން ސަލަމަތް ކޮށްދިނުމަށް އެދި ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށް ގާބިރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ