ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ޖާބިރުގެ ޑީއާރްޕީ އިދިކޮޅު ކޯލިޝަނާއިއެކު މަސައްކަތް ކުރުމަށް މަސްވަރާ ކުރަނީ

ކާށިދޫ ޖާބިރުގެ ޑީއާރްޕީ އިދިކޮޅު ކޯލިޝަނާއިއެކު މަސައްކަތް ކުރުމަށް މަސްވަރާ ކުރުމަށް އެދި ޕްރޮގްރެސިވް ކޯލިޝަނަށް ސިޓީއެއް ފޮނުވައިފި އެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެޑްރެސްކޮށް މިއަދު ޖާބިރު ފޮނުއްވެވި ސިޓީގައި ބުނެފައިވަނީ ޑީއާރްޕީގެ ލީޑަރޝިޕްގެ ފަރާތުން ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕާއިއެކު، ސަރުކާރު ޒިންމާދާރު ކުރުވުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކަކީ ގޮތްތަކަކީ ކޮބައިތޯ މަސްވަރާކޮށްލުމަށްޓަކައި ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ބައްދަލުވުމެއް ހަމަޖައްސަވައި ދެއްވުމަށް އެދިލައްވާ ކަމަށެވެ.

ޖާބިރު ޕްރޮގްރެސިވް ކޯލިޝަނާއިއެކު މަސްވަރާ ކުރެއްވުމަށް ސިޓީ ފޮނުއްވާފައިވާއިރު މީގެ ކުރިން ޖާބިރު ވަނީ ރައީސް ޔާމީނާއި އެކު ކުރާނެ މަސްވަރާއެއް ނޯންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަދި ރައީސް ޔާމީނާއި ގުޅިގެން ޑީއާރްޕީ ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ޖާބިރު ވަނީ ކުރިން ވިދާޅުވެފައެވެ.

މި ސަރުކާރުގެ ވަޒީރުން ކުރާ ވައްކަންތަކުގެ ހަޤީގަތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުއަށް ނޭނގެންވީ ސަބަބެއް އޮވެގެން ނުވާނެކަމަށާއި، ވަގުތުންވަގުތަށް ރައީސް ޞާލިޙު އިސްތިއުފާދޭންޖެހޭ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ