މިނިސްޓަރ އަސްލަމް

ހެލްތު މިނިސްޓްރީ ހިންގަން އަސްލަމް އާއި ހަވާލުކޮށްފި

ހެލްތު މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން ވަނީ ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ޚަރަދުތަކުގެ އޮޑިޓް ރިޕޯޓާ ގުޅޭ ތަޙުޤީޤު ނިމެންދެން މިނިސްޓްރީގެ މަސައްކަތުން އަމިއްލައަށް އެކަހެރިވެ ވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ހިންގުމަށް ވަގުތީ ގޮތުން ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް ޞޯލިޙު ހަވާލު ކުރައްވާފައި ވާކަމަށެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ވަނީ އަމީން މަގާމުން ވަކިކުރުމަށްވެސް ގޮވާލާފައެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި އެގްޒެކިއު ޓާރސް ޖެނެރަލް ޓްރޭޑިންގ (ޑުބާއީ) މެދުވެރިކޮށް ހޯދި 75 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތު ގައްޔާއި، މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ހޯދި 50 ވެންޓިލޭޓަރު ހޯދުމަށްކުރި މުޢާމަލާތުގެ އިތުރުން ނާޑު ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 20 ވެންޓިލޭޓަރު ހޯދުމަށް ކުރި މުޢާމަލާތާތުގައިވެސް ގޯސްތަކެއް ހުރިކަން އިއްޔެ ނެރުނު އޮޑިޓް ރިޕޯރޓުންވަނީ ފާހަގަކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ