ހީނާގަސްދޮށުގެ އަޙްމަދު ސަލީމް

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހީނާ އަޙްމަދު ސަލީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ހެންވޭރު ހީނާގަސްދޮށުގެ އަޙްމަދު ސަލީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނަރ އޮފް ސްޕޯޓްގެމަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވީ ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންނެވެ. އަޙްމަދު ސަލީމް މި މަޤާމަށް ޢައްޔަން ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

އަޙްމަދު ސަލީމަކީ ކުޅިވަރުގެ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2018 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި އަދި މީހުން ތަމްރީންކުރުމުގެ ރޮނގުން އަޙްމަދު ސަލީމް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާޞިލްކުރައްވާފައެވެ.

މީގެ އިތުރުން އަޙްމަދު ސަލީމް ވަނީ ކުޅިވަރުގެ ދާއިރާއިން އެކި ފެންވަރުގެ ތަމްރީންތައްވެސް ހާޞިލްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް