ފެށުމަށް މާކެޓިންގ އެގްޒެކެޓިވްއެއް ހޯދަނީ

ދިވެހި ކިޔުންތެރިންނަށް ޞައްޙަ ޚަބާރާއި، މަޢުލޫމާތު ތާޒާކަމާއެކު ގެނެސްދިނުމުގެ މަޤްޞަދުގައި ނޫސްވެރިކަމުގެ ޖައްވަށް ނިކުތް އޮންލައިން ނޫސް "ފެށުން" އަށް މާކެޓިންގ އެގްޒެކެޓިވް އެއް ބޭނުންވެގެން އިއުލާން ކޮށްފިއެވެ.

މި މަޤާމަށް ހޮވޭ ފަރާތުގެ މައިގަނޑު ޒިންމާއަކީ، ނޫހުގެ ސްޕޮންސަރ އިންނާއި ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުމާއި، އައު ސްޕޮންސަރުން ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ސްޕޮންސަރުންނާއި ނިއުސްޓީމާ ގުޅުވާލުމެވެ. އަދި ނޫހުގެ އައު އުފެއްދުންތަކާއި، ބަދަލުތައް ޕްރޮމޯޓް ކުރުމުގެ އިތުރުން މާކެޓަށް އަންނަ ބަދަލު ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އިރުޝާދު ދިނުންވެސް ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

"ފެށުން" ގެ މާކެޓިންގ އެގްޒެކެޓިވްގެ މަޤާމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2019 މެއި 28 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން، މަޤާމާ ގުޅުންހުރި ތަޢުލީމާއި ތަޖުރިބާ ދަލީކުކޮށްދޭ ލިޔުންތައް [email protected] އަށް އީމެއިލް ކުރެއްވުމަށް ނޫހުގެ މެނޭޖްމަންޓުން އެދިލައްވައެވެ.

މި މަޤާމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅުއްވާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު އަދި ތަޢުލީމީ އަދި ތަޖުރިބާގެ ސެޓުފިކެޓުތަކުގެ ކޮޕީގެ އިތުރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ.

މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނަންބަރު 7979824 އަށް ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ޒުވާނުން ނިއުސް ޓީމަކާއި، މެނޭޖްމަންޓަކާއެކު ނެރެންފެށި އޮންލައިން ނޫސް "ފެށުން" ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ އިތުބާރާއި، މަޤްބޫލުކަން ހޯދާފައެވެ.

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ