ތައިވާން ސަރުކާރުގެ އެތައް ހާސް އީމެއިލް އެއް ޗައިނާ އިން ހެކް ކޮށްފި

ތައިވާން ސަރުކާރުގެ އެތައް ހާސް އީމެއިލް އެއް ޗައިނާގެ ހެކަރުން ހެކް ކޮށްފިއެވެ.

ޗައިނާގެ ހެކަރުން، ތައިވާން ސަރުކާރުގެ 10 އެޖެންސީއެއް ހެކް ކޮށް 6000 އަށްވުރެ ގިނަ އީމެއިލް އެކައުންޓް ހެކްފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން އިއްޔެ ވަނީ ހާމަ ކޮށްފައެވެ.

މި ކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އަދި ލިބިފައިވާ ގެއްލުންތައް ބަލަމުންދާ ކަމުގައި ތައިވާންގެ އޮފިޝަލެއް ވިދާޅުވިއެވެ.

ސައިބާ ސެކިއުރިޓީ އިންވެސްޓިގޭޝަން އޮފީހުން ވިދާޅުވެފައިވަނީ ފާހަގަ ކޮށްލެވޭ ޗައިނާގެ 2 ހެކަރުންގެ ގްރޫފެއް ކަމަށްވާ ބްލެކްޓެކް އަދި ތައިދޫރް ވަނީ 2018 އިން ފެށިގެން އެ ގައުމުގެ ސަރުކާރުގެ އޮފީސްތައް ހެކް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

"ހަމަ ޔަގީނުންވެސް 6000 އީމެއިލް ވަނީ ހެކް ކޮށްފައި. މި ކަމުން ލިބިފައިވާ ގެއްލުންތައް މިހާރު ބަލަމުން އެބަ ގެންދަން" އިންވެސްޓިގޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވިއެވެ.

މި ކަން އާންމު ކުރީ އެންމެން މިކަމަށް ހޭލުންތެރި ކޮށް އިތުރަށް ލިބޭ ގެއްލުންތައް ހުއްޓުވަން ކަމަށް އިންވެސްޓިގޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ