އާސަންދައިގެ ޚަރަދުގައި އިންޑިއާއަށްދާ ފަސްވަނަ ބެޗް މިއަދު ފުރައިފި

އާސަންދައިގެ ޚަރަދުގައި ބޭސްފަރުވާއަށް އިންޑިއާއަށްދާ ފަސްވަނަ ބެޗް މިއަދު ހަވީރު ފުރައިފިއެވެ.

އާސަންދަ ކޮމްޕެނީފެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދު ފުރި ބެޗުގައި ޖުމްލަ 18 ބަލިމީހަކާއި 18 އެހީތެރިންނާ އަދި ހަތަރު މެޑިކަލް އެސްކޯޓުން ގޮސްފައިވާ ކަމަށެވެ.

މިއަދު ހަވީރު 16:15 ގައި އިންޑިއާގެ ކޮޗިންއަށް ފުރި ބަލިމީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ ހޮސްޕިޓަލުންނެވެ. މިއަދު ހަވީރު ދިޔަ ފުލައިޓުގައި އާސަންދައިގެ ހަރަދުގައި ދިޔަ މީހުންގެ އިތުރުން ގޮސްފައިވަނީ އެންސްޕާގެ ހަރަދުގައި ދިޔަ ތިން އެހީތެރިންނާ އަދި އަމިއްލަ ހަރަދުގައި ދިޔަ ތިން އެހީތެރިންވެސް ހިމެނެއެވެ.

މި ފުލައިޓު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހަތަރު މެޑިކަލް އެސްކޯޓުންނާ، އާސަންދައިގެ ހަރަދުގައި ކުރިން ގޮސް ފަރުވާ ނިމި އަންނަން ވެފައި ތިބި 19 ބަލިމީހުންނާ 18 އެހީތެރިންނާ އެންސްޕާގެ ހަރަދުގައި ގޮސްތިބި ދެ އެހީތެރިންނާ އަމިއްލަ ހަރަދުގައި ގޮސްތިބި ދެ އެހީތެރިން ގޮވައިގެން ކަމަށް އާސަންދައިން މައުލޫމާތު ދެއެވެ.

މިބެޗްގަވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ.

އިންޑިއާއިންވެސް މި ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެއެވެ. އަދި އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެއެވެ. 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް އަށް ޓެސްޓު ކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ