އިޒްރޭލްގައި އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު 30 ފިރެހެނުންވެގެން ރޭޕްކޮށްފިއެވެ.
ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާދިސާ ހިނގައިފައިވަނީ އިޒްރޭލުގެ ރިސޯޓް ރަށެއްގެ ހޮޓަލެއްގައެވެ. އަދި މިމީހުން މިކުއްޖާ ރޭޕްކޮށްފައިވާކަމަށްވަނީ މިކުއްޖާ މަސްތުގެ ހާލަތުގައި ވަނިކޮށެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައިވާއިރު މީގެތެރެއިން އެކަކުވަނީ30 މީހުންވެގެން މި ކުޑަ އަންހެން ކުއްޖާއާއެކު ޖިންސީގުޅުން ހިންގައިފައިވާ ކަމަށް އެއްބަސް ވެފައެވެ. ނަމަވެސް މިއީ އެއްބަސްވެގެން ކުރި ކަމެއް ކަމަށާއި މިއީ ރޭޕް ނޫންކަމަށްވެސް ހައްޔަރުކުރި އެކަކު ބުނެފައި ވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ މިކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފައެވެ. އަދި މިއީ އެންމެ އަންހެން ކުއްޖަކާއި ދެކޮޅަށް ހިނގައިފައިވާ ކުށެއް ނޫންކަމަށާއި މުޅި އިންސާނިއްޔަތާއި ދެކޮޅަށް ހިންގައިފައިވާ އަމަލެއް ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.
ރޭޕުގެ މިހާދިސާ ފުލުހުން ބަލަން ފަށައިފައިވަނީ މި އަންހެންކުއްޖާ ފުލުހުންނަށް މިމައްސަލަ ރިޕޯޓް ކުރުމުންނެވެ.
އިޒްރޭލުގެ ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިކުއްޖާ ރިސޯޓް ރަށަށް ގޮސްފައިވަނީ ރައްޓިއްސަކާއެކުއެވެ. އަދި މި ރައްޓިހިމީހާ ދަންނަ ބަޔަކާއި ދިމާވެ އެކީގައި ރާބޮއި ހޮޓަލަށް ދިޔަކަމަށް ވެއެވެ.
މިހާދިސާގައި ހައްޔަރުކުރި ދެމީހުންގެ މައުލޫމާތު އިޒްރޭލް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު ހައްޔަރުކުރި ދެމީހުންނަކީވެސް 20 އަހަރުތައް ގުނަމުންދާ ބަޔެއް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.





ހިޔާލު
izraeel.ah balaaoru midhen ehaavaru kameh noon