ޔޫއްޕެގެ "ދައުވަތު" 12 ޖޫންއަށް

ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ޑައިރެކްޝްންގެ ދަށުން މި އަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ދައުވަތު" އަންނަ ޖޫން މަހު 12 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާނެއެވެ.

"ވީ އެންޓަޓެއިމެންޓް ޑިވިޝަން“ ގެ ދަށުން ވީ މީޑިއާ ހިއްސާވެގެން ގެނެސްދޭ ފުރަތަމަ ފީޗަރ ފިލްމް "ދައުވަތު" އަކީ ބިރިވެރި ޖޯންރާއަކަށް ގެނެސްދޭ ތަފާތު ފިލްމެކެވެ. މިފިލްމްގެ ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ، އަލީ (ދޮންއައްޔަ) އާޒިމް، މަރިޔަމް އައްޒަ އަދި އަހުމަދު (އީސަ) އާނަންދެވެ.

ފިލްމްގެ ޓްރެއިލާ މިހާރު ބެލުންތެރިންނާ ދައްކާލައިފައިވާއިރު، ޓްރެއިލާއިން ފެނިގެންދަނީ، ފިލްމުގެ ލީޑް އައްޒަ އާއި ދޮން އައްޔަ ގެއަކަށް ގޮސް އެގެއިން ދިމާވާ ބިރުވެރި ކަންތައްތަކެކެވެ. އަދި ސިހުރުހެދުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް މިފިލްމްގައި ދައްކުވައިދޭނެއެވެ.

ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބ. ދަރަވަންދޫގައެވެ.

ދައުވަތަކީ، ޔޫޢްޕޭގެ ޑައިރެކްޝަންގެ ދަށުން މިއަހަރު ގެނެސްދޭނެ 3 ވަނަ ފިލްމްވެ. މިއަރު ބެލިންތެރިންނާއި ހަމައަށް އައިސްފައިވާ ޔޫއްޕެގެ "ފޯޓީ ޕްލަސް" އަދި "ނަފްރަތުވުން" އަށް ވަނީ ބެލިންތެރިންގެ ބޮޑުތަރުހީބެއް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ