ވޯލްޑް ހެލްތު އެސެމްބްލީގެ ވައިސް ޗެއާއަކަށް އަމީން

ޖެނީވާގައި މި އަހަރު ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީ (ޑަބްލިއުއެޗްއޭ) ގެ ވައިސް ޗެއާމަނަކަށް ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހަމަޖައްސައިފިއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މެމްބަރުންގެ ގޮތުގައި ހިިމެނޭ 194 ގައުމުގެ ސިއްހީ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާ މި ބައްދަލުވުންތަކުގައި އަމީން ރިޔާސަތު ބަލަހައްޓަވަނީ ކޮމެޓީ ބީގައެވެ.

އަމީން ރިޔާސަތު ބަލަހައްޓަވާ އެ ކޮމެޓީގައި ބޮޑަށް މަޝްވަރާ ކުރާނީ ޑަބްލިއުއެޗްއޯ އިން ދޭ މާލީ އެހީ އާއި އެ ޖަމިއްޔާގެ މެނޭޖްމެންޓާ ގުޅޭ މައްސަލަތަކާ މެދުއެވެ. އަދި ޑަބްލިއުއެޗްއޯ އިން ގައުމުތަކަށް ސިއްހީ އެހީ ދޭ ދާއިރާތަކާއި އެ އެހީގެ ބޭނުން ގައުމުތަކުން އެންމެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން ފަލަސްތީނުގެ މީހުންނަށް ސިއްހީ އެހީ ދޭނެ ގޮތާއި އިޒްރޭލުން އަޅުވެތިކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އުޅޭ މީހުންގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރަން ވަނީ ނިންމައިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް