ކުޅެން ފަޞޭހަ މަޤާމުތަކުން ކުޅުންތެރިންނަށް ފުރުޞަތު ދޭނަން: ކޫމަން

ކުޅެން ފަޞޭހަ މަޤާމުތަކުން ކުޅުންތެރިންނަށް ފުރުޞަތު ދޭނެކަމަށް ބާސެލޯނާގެ ކޯޗު ކަމާއި އަލަށް ޙަވާލުވި ރޮނާލްޑް ކޫމަން ބުނެފިއެވެ.

އެގޮތުން ދެކުޅުންތެރިއެއް ކޫމަން ފާހަގަކޮށްފައިވާއިރު، އެއީ ގްރިޒްމަންއާއި ޑިޔޯއެވެ. ކޫމަން ބުނީ ބޮޑެތި ޚަރަދުތައްކޮށް ޒުވާން ކުޅުންތެރިން ޓީމަށް ގެނެސް އެކުޅުންތެރިންނަށް މުޅިން އާ މަޤާމުތަކެއް ދިނުމުން ކުޅުންތެރިންގެ ފަރާތުން ބޭނުންވާކަހަލަ ކުޅުމެއް ނުފެންނާނެކަމަށެވެ.

ޑިޔޯންއާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ކޫމަން ބުނީ، ވިސްނުން ހުރީ ނެދަލެންޑްގެ ޤައުމީ ޓީމުގައި ޑިޔޯން ކުޅެމުން އަންނަ މަޤާމުގައި ބަހައްޓައިގެން ކުރިއަށް ދިއުންކަމަށެވެ. އަދި ކޫމަންގެ ކޯޗުކަމުގައި ޑިޔޯން ދުވަހަކުވެސް ނުކުޅުވާނެ މަޤާމަކުން ބާސެލޯނާގެ މެޗެއްގައި ޑޮޔޯން ފެނިފައިވާކަމަށްވެސް ބުންޏެވެ.

ހަމަ އެގޮތަށް ގްރިޒްމަންއަކީ އާންމުކޮށް ވިންގާރއަކަށް ކުޅޭ ކުޅުންތެރިއެއް ނޫންކަމަށާއި، އޭނާގެ ހުނަރު ދެކެން ބޭނުންނަމަ ގްރިޒްމަންއަށް އެންމެ ފަޞޭޙަ މަޤާމު ދޭން ޖެހޭކަމަށްވެސް ކޫމަން ބުންޏެވެ.

އަދި ކުޅުންތެރިން އަސްލު ކުޅުން ނެރެން އެ ކުޅުންތެރިން ރަނގަޅަށް ދަސްކުރަންޖެހޭކަމަށްވެސް ކޫމަން ފާހަގަކޮށްފައިވެއެވެ.

ކުރިން ބާސެލޯނާ އަށް ކުޅެ އެ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ވެސް މަސައްކަތްކުރި ކޫމަން އެ ޓީމާ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޫމަން ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ނެދަލެންޑްސް އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ކޯޗިންގައި ފުރަތަމަ މަސައްކަތްކުރި ކްލަބަކީ ބާސެލޯނާ އެވެ. އެ ޓީމުގެ އެސިސްޓަންޓެއްގެ ގޮތުގައި ދެ އަހަރު ހޭދަކޮށް ފުރަތަމަ ހެޑް ކޯޗެއްގެ ގޮތުގައި ހަވާލުވީ 2000 ވަނަ އަހަރު ނެދަލެންޑްސްގެ ވިޓެސޭއާ އެވެ. ފަހުން އޭނަ ކޯޗުކޮށްދިން ޓީމުތަކަކީ އަޔަކްސް، ބެންފީކާ، ޕީއެސްވީ، ވެލެންސިއާ، އޭޒެޑް އަކްމާރް، ފޭނޫޑް، ސައުތެމްޓަން އަދި އެވަޓަން އެވެ. ބާސެލޯނާއާ ހަވާލުވުމުގެ ކުރިން ހުރީ ނެދަލެންޑްސް ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމުގަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ