އިޒްރޭލުން މެދުކެނޑުމެއްނެތި ގައްޒާއަށް ހަމަލާދޭތާ 10 ދުވަސް

މެދުއިރުމަތީގެ ޔަހޫދީ ދައުލަތް އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުން އަންނަތާ 10 ދުވަސް ވެއްޖެއެވެ.

ތުރުކީގެ ބައިނަލްއަގްވާމީ މީޑިއާ ޓީއާރުޓީ އިން މައުލޫމާތު ދޭގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހުއްޓުމެއްނެތި ގައްޒާއަށް ބޮމުގެ ހަމަލާތާ ދެމުން އަންނަތާ މިއަދަށް މިވަނީ 10 ދުވަސް ވެގެން ގޮސްފައެވެ. ނަމަވެސް މިހަމަލާތަކާއި ގުޅިގެން ޝަހީދުވި ފަލަސްތީން މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

އާބާދީގައި ދެމިލިއަން މީހުން ދިރިއުޅެމުން އަންނަ ގައްޒާއަކީ އިޒްރޭލުން އަސާސީ އެތައް ހިދުމަތް ތަކަކުން މަހުރޫމް ކޮށްފައިވާ އިޒްރޭލުގެ ކޮންޓުރޯލްގެ ދަށަށް ނުގެނެވިވާ ފަލަސްތީނުގެ ބިމެކެވެ. ފަލަސްތީނުގެ ރައްޔިތުން ގައްޒާގައި ބަންދުކޮށްގެން އެބައިމީހުންނަށް އެކިވަރުގެ ހަމަލާތައް ދެމުން އަންނަތާ މިހާރުވަނީ 13 އަހަރުވެގެން ގޮސްފައެވެ.

ބުރިޓިޝް ޕަލަސްޓީނިއަން ޕޮލިސީ ކައުންސިލް (ބީޕީޕީސީ)ގެ ވައިސް ޗެއަރ ކަމިލް ހަވާޝް މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފާއިތުވެދިޔަ10 ދުވަހު ކޮންމެ ރެޔަކު ފަލަސްތީނުގެ ގައްޒާއަށް އިޒްރޭލުން ބޮމުގެ ހަމަލާދީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފައިވާ ކަމަށެވެ. މީގެއިތުރުން ގައްޒާއަށް ކަރަންޓް ފޮރުކޮށްދޭ ހަމައެކަނި އިލެކްޓުރިސިޓީ ޕުލާންޓުން ތެޔޮ ހުސްވެ ގައްޒާ ކަނު އަނދިރިކަމުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

އިޒްރޭލުން ގައްޒާގެ މުސްލިމް ރައްޔިތުން މިހާލުގައި ގެންގުޅެމުންދިޔަނަމަވެސް ފަލަސްތީނުގެ އަވައްޓެރި ގައުމުތަކުން އަންނަނީ އިޒްރޭލާއެކު ސިޔާސީ ގުޅުން ބަދަހި ކުރަމުންނެވެ. މިގޮތުން މިގުޅުން އެންމެފަހުން ބަދަހި ކުރި ގައުމަކީ ޔޫއޭއީއެވެ.

ޔޫއޭއީގެ މި ނިންމުމާއި ގުޅިގެން ހަމާސް ޖަމާއަތުން ބުނެފައިވަނީ އިސްރާއިިލުން ޔޫއޭއީއާ ގުޅުން ގާއިމްކުރުމަކީ، އިސްރާއިލުން ފަލަސްތީނުގެ ބިން އިސްތިއުމާރުކޮށްގެން ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ބަލައިގަނެ ޔޫއޭއީން އިސްރާއިލަށް އެރުވި ހަދިޔާއެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ