ޔޫރޮޕާ ލީގު ފައިނަލްގައި އިންޓަރ މިލާން ބަލިކޮށް ސްޕެއިންގެ ސެވިއްޔާއިން މުބާރާތުގެ ތަށި ހިއްލާލައިފިއެވެ.
ޖަރުމަނުގެ ކްލޯންގައި ކުޅެވުނު މިމެޗު ސެވިއްޔާއިން ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު އިންޓަރ މިލާނުންވަނީ ލީޑު ނަގާފައެވެ. ލުކާކޫއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކޮށްދީފައިވަނީވެސް ލުކާކޫއެވެ. މިލަނޑާއެކު ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން 11 މެޗުގައި ލުކާކޫވަނީ ލަނޑުޖަހައި ލުކާކޫވަނީ ރެކޯޑެއް ހަދާފައެވެ.
މިއީ އިންޓަރމިލާންގައި ލުކާކޫ ހޭދަކުރާ ފުރަތަމަ ސީޒަންއަށްވާއިރު، ލުކާކޫ މިސީޒަންގައި އިންޓަރ އަށް 34 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
މެޗުގެ ފަސް ވަނަ މިނަޓްގައި ޔުނައިޓެޑުން ނެގި މިލީޑުގައި ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް ސެވިއްޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުގެ 12 ވަނަ މިނަޓްގައި އެލަނޑު ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ލޫކް ޑިޔޯންއެވެ.

އަދި މެޗުގެ 33 ވަނަ މިނަޓްގައި އިތުރު ލަނޑެއް ޖަހައި ހިތްވަރާއެކު ކުޅެމުންދިޔަ ސެވިއްޔާއިން އިންޓަރ ޙައިރާންކޮށްލިއެވެ. މިލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ލޫކް ޑިޔޯންއެވެ.
ޖެހިގެން އައި މިނަޓްގައި ލިބުނު ހިލޭ ޖެހުމަކުން ހުރަސްވި ބޯޅައިން ޑިއޭގޯ ގޯޑިން އިންޓަރއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މިނަތީޖާއާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމު އެއްވަރުގައި އޮވެއެވެ.

ދެވަނަ ހާފު ސެވިއްޔާއި ފެށީ ވަރަށް ވަރުގަދަ ކޮށެވެ. އެގޮތުން ގިނަ ހަމަލާތަކެއް އިންޓަރ ކޮޅަށް ސެވިއްޔާއިންދިޔައީ އުފައްދަމުންނެވެ. ނަމަވެސް އިންޓަރއަށް ލީޑު ނަގާނެ ރަނގަޅު ފުރުތަޞެއް ލުކާކޫއަށް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ކައުންޓަރު އެޓޭކެއްގައި ލުކާކޫ އަރައި ފޮނުވާލި ބޯޅަ ސެވިއްޔާގެ ކީޕަރު ބޯނޯވަނީ ދިފާޢުކޮށްފައެވެ.
ސެވިއްޔާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޑިއޭގޯ ކާލޯސް އެވެ. އޭރިއާތެރެއަށް ވެއްޓުނު ބޯޅައެއް ކާލޯސް އޯވާރ ހެޑަކުން ފޮނުވާލިއިރު، މިބޯޅަ އިންޓަރމިލާން ކޮޅަށް ވަދެފައިވަނީ ލުކާކޫ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.
?Drama! Diego Carlos overhead kick is deflected into the net by Lukaku ⚽️#UELfinal pic.twitter.com/yhi3eoPaQA
— UEFA Europa League (@EuropaLeague) August 21, 2020
މިއީ ސެވިއްޔާއިން މިމުބާރާތް ކާމިޔާބުކުރި 6 ވަނަ ފަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ކުލަބަކީވެސް ސެއްވިޔާއެވެ. ސެވިއްޔާއިން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2006 ،2007، 2014، 2015، އަދި 2016 ގެ އިތުރުން 2020 ވަނަ އަހަރުއެވެ.




