އަލްހާން ފަހުމީ - ފޮޓޯ: އޭއޯ ނިއުސް

ބަރުލަމާނީ ނިޒާމަކަށް ތާއިދު ނުކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޞާލީހް ދެއްވި: އަލްހާން

ސިޔާސީގޮތުން އެއްވެސް ހާލެއްގައި ބަރުލަމާނީ ނިޒާމަކަށްރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހް އެއްބާރުލުންނުދޭނެ ކަމުގެ ޔަޤީންކަން ދެއްވިކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލުހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލީހް އާއި އަލްހާން އާއި ދެމެދު ފޯނުން ދެކެވުނު ވާހަކަފުޅެއްގައި، ސިޔާސީވެރިކަން ޕާލިމެންޓްރީއަކަށް ބަދަލުކުރެއްވުމުގައި ރައީސް ޞާލީހްގެ ވިސްނުންފުޅުހުރިގޮތް ޔަޤީންކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނެވިކަމަށެވެ.

ސިޔާސީގޮތުން އެއްވެސް ހާލެއްގައި ރައީސް ޞާލީހް ބަރުލަމާނީ ނިޒާމަކަށް ތާއީދުނުކުރައްވާނެކަމުގެ ޔަޤީންކަން ތިމަންނައަށް ދިންކަމުގައި އަލްހާން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރިޔަސް، ނަޝީދަކަށް ބޮޑުވަޒީރުކަމެއް ނުލިބޭނެކަމަށް އަލްހާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަލްހާން މިހެން ވިދާޅުވެފައިވަނީ، ގައުމެެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށް ދެކެވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝިދު ވިދާޅުވެފައިވަނީ އަޅުގަނޑަށް އަކުރު އޮޅުންފިލީއްސުރެ، އަޅުގަނޑުގެ ދެކޭގޮތުގައި ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމުގައެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ދަނީ ވަރަށް ބޮޑަށް ސަރުކާރުގައި އެދެމުންނެވެ. ނަމަވެސް ސަރުކާރުން މިކަމަށް ދެކޮޅުހަދާފައި ވެއެވެ.

ޖުލައި މަހުގެ 23 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ އަޅުގަނޑު ވެރިކަމަށް އައިސް މި ހުރީ އެތައް ވައުދުތަކެއް ވެގެންކަަމަށާއި އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި ރާއްޖޭގައި އޮންނާނީ ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ ކުރިން ނިންމާފައި ކަމަށާއި މިކަން ބަދަލުކުރަން ބޭނުންނަމަ ދެންވެސް ހަމަ ދާންޖެހޭނީ ރައްޔިތުނގެ ކައިރިއަށް ކަމަށް ވިދާޅުވެފައި ވެއެވެ.

.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ