އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސި ޖުޑާން އަލީ އަދި ރައީސް ބައްސާމް އަދީލް - އެފްއޭއެމް

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުން މުސާރައިގެ މައްސަލައިގައި ޖުޑާން ވަކިކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިނގިރޭސިވިލާތުގެ ކުރީގެ ކުޅުންތެރިޔާ ޖުޑާން އަލީ މަގާމުން ވަކިކޮށްފިއެވެ.

ޖުޑާން މަގާމުން ވަކިކޮށްފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި އެފްއޭއެމް އަށް ދިމާވެފައިވާ މާލީ ދަތިކަމާއިގުޅިގެން ހަރަދުތައް ކުޑަކުރަން ޖެހިފައިވާއިރު މުސާރަ ކުޑަކުރުމަށް ޖުޑާން އެއްބަސް ނުވުމުންނެވެ.

އެފްއޭއެމްއިން ދިގުމުއްދަތަކަށް ޖުޑާންއަށް މަގާމު ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބާރުމަހު ތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުޑާން ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އެމަގާމާއި ވަގުތީގޮތުން ހަވާލުވާނީ ޔޫތް ޑެވެލޮޕްމެންޓް ގެ ކޯޗެއްގޮތުގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު ޝަރީފްއެވެ.

ޖުޑާންއަކީ ބާސެލޯނާގެ ފުޓުބޯޅަ އެކަޑަމީއެއް ކަމަށްވާ ލަ މާސީއާ ގައި10 އަހަރު މަސައްކަތް ކޮށްފައިވާ ކޯޗެކެވެ. ފުޓުބޯޅައިގެ ދާއިރާގައި އެތައް ގައުމުތަކެއްގައި މަތީ މަގާމުތަކެއް އަދާކޮށްފައިވާ ޖުޑާން ވަނީ ޔޫއެފާ އޭ ލައިސްންސް ވެސް ހާސިލްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ