ކޮވިޑް-19: މަރުވި މީހުންގެ އަދަދު 8 ލައްކައިން މައްޗަށް އަރައިފި

މުޅިދުނިޔެ ސިއްސުވާލި ނުރައްކާތެރި ވައިރަސް (ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށްވަނީ 805,686 މީހުން މަރުވެފައެވެ.  އަދި މި ރޯގާއަށް މުޅި ދުނިޔެއިންވަނީ 23,252,262 މީހުން ޕޮޒިޓިވުވެފައެވެ.

މި ބަލީގައި ގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެގޮތުން މި ކޮވިޑް-19 ގައި އެމެރިކާއިން މިހާތަނަށް 179,541 މީހުން ވަނީ މަރުވެފައެވެ. އެއަށްފަހު އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ، ބްރެޒިލްގައެވެ. ބްރެޒިލް އިން މި ބަލީގައި 113,678 މީހުން މަރުވެފައިވެއެވެ. އަދި މެކްސިކޯ އިން 59,610 މީހުން މަރުވެފައިވާއިރު، އިނގިރޭސިވިލާތުން 41,423 މީހުން މިހާތަނަށް ވަނީ މި ބަލީގައި މަރުވެފައެވެ. އަދި އިންޑިއާއިން މިހާތަނަށް މި ބަލި ޖެހިގެން މަރުވީ 56,829 މީހުންނެވެ.

23 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 15,806,415 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 6,640,161 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ