ކަންޔޭ ވެސްޓް އެއްވެސް އިރެއްގައި އެހާ ސިޔާސީ އެއް ނޫން: ޖޯން ލެޖެންޑް

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އަދި ކިމް ކާޑޭޝިއަން ގެ ފިރިމީހާ ކާންޔޭ ވެސްޓް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލުން ވެގެން ދިޔައީ ދުނިޔޭގެ އެހެން އެންމެނެކޭ އެއްގޮތައްއެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް އަށް ވެސް ހައިރާން ކަން ގެނުވި ކަމެކެވެ.

ކަންޔޭ ވެސްޓް އަދި ޖޯން ލެޖެންޑް އަކީ ގާތް ރަހުމަތްތެރިން ކަމުގައި ވީ ނަމަވެސް، ކާންޔޭ، ޑޮނަލްޑް ޓްރަމްޕް އަށް ތާއީދު ކުރުން ވެގެން ދިޔައީ މި ދެ ރަހުމަތްތެރިންގެ ގުޅުމަށް ހީނަރުމެއް ގެނުވި ކަމަކަށެވެ.

ކާންޔޭ ވެސްޓް ނޮވެންބަރު މަހު އޮންނަ އެމެރިކާގެ އިންތިހާބުގައި އެމެރިކާގެ ރާއީސް ކަމަށް ވާދަ ކުރައްވާއިރު ޖޯން ބުނެފައިވަނީ ކާންޔޭގެ ސިޔާސީ ހުވަފެންތަކުގެ ސަބަބުން އޭނާއަށް އަށް ހައިރާންކަން ގެނުވި ކަމަށެވެ.

"އަހަރެން ކަންޔޭ އާއި އެކު އުޅުނު އިރު އޭނާ އެހާ ސިޔާސީ އެއް ނޫން. އަހަރެމެން ވަރަށް ގިނަ ވާހަކަތައް ދެއްކިން. ހާއްސަކޮށް މިއުޒިކް. އަދި ފެޝަން، ހަޔާތާ ބެހޭގޮތުން، އަންހެނުންނާ ބެހޭގޮތުން. ނަމަވެސް ދުވަހަކުވެސް ސިޔާސީ ވާހަކައެއް ނުދައްކާ" ޖޯން ލެގެންޑް ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ