އެޗްޕީއޭގެ އުޞޫލުތަކާ ޚިލާފަށް ޚިދުމަތްދޭ ތަންތަން 5 ދުވަހަށް ބަންދުކޮށް ފިޔަވަޅު އަޅަނީ

އެޗްޕީއޭގެ އުޞޫލުތަކާ ޚިލާފަށް ޚިދުމަތްދޭ ތަންތަން 5 ދުވަހަށް ބަންދުކޮށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދުނުމުގެ އިންތިޒާްމ ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި މިފަދަ ތަންނަނުން ޢާއްމު ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވޭނީ، ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތައް ކަމަށެވެ.

އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތައް ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިމެނޭ ޢާއްމު ޚިދުމަތްދޭ ތަންތަނުން ޢަމަލުކުރަމުންދޭތޯ ބެލުމައްޓަކައި އެޗްޕީއޭއާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން15 އޯގަސްޓް 2020 ން ފެށިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އުޞޫލުތަކާއި ޚިލާފަށް ހިދުމަތް ދޭ ނަމަ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރާނެ ކަމުގައި އެޗްޕީއޭއިން މިއަދު ކުރި އިޢުލާނުގައި ވިދާޅުވެފައި ވެއެވެ. އަދި އެޗްޕީއޭގެ އުޞޫލުތަކާއި އެއްގޮތައް ތަން އިޞްލާޚް ކުރުމަށް ފަހު އެންގުމުން 48 ގަޑިއިރު ހަމަވުމުން އަލުން ހުޅުވައިދޭނެ އެވެ.

2 ވަނަ ފަހަރަށް އުޞޫލުތަކާއި ޚިލާފަށް ޚިދުމަތް ދޭ ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު އުޞޫލުތަކާއި އެއްގޮތައް ތަން އިޞްލާޚް ކުރުމުން 3 ދުވަސްތެރޭގައި ތަން އަޅުން ހުޅުވާދެވޭނެ އެވެ. އަދި ތަކުރާރުކޮށް އެޗްޕީއޭގެ އުޞޫލުތަކާއި ޚިލާފުވާ ތަންތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ގޫރިމަނާ ކުރުމާއެކު ތަން އަޅުން ހުޅުވައިދެވޭނީ އުސޫލުތަކާއި އެއްގޮތައް ތަން އިސްލާހު ކުރުމުން 5 ދުވަހުގެ ތެރޭގައެވެ.

ފުރަތަމަ އިންސްޕެކްޝަނަށްފަހު ކޮވިޑް-19 ގެ ޝަކުވާ އަކާ ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް އިންސްޕެކްޓް ކުރުމުގައި ގައިޑްލައިންއާއި ޚިލާފަށް ތަން ހިންގާކަށް ފާހަގަ ކުރެއްވިއްޖެ ނަމަ ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ގޫރިމަނާ ކުރުމާއެކު ތަން އަޅުން ހުޅުވައިދެވޭނީ އުސޫލުތަކާއި އެއްގޮތައް ތަން އިސްލާހު ކުރުމުން 5 ދުވަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ