ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތައް އަލުން މުރާޖާ ކުރުމަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ގޮވާލައިފިއެވެ.
އަނަސް ބުނެފައިވަނީ ވަނީ އެޗްޕީއޭގެ ނިންމުމަކީ ކޮވިޑް-19 ގައި ނިކަމެތިވަމުން ދިޔަ ރައްޔިތުންގެ ހާލަތު އިތުރަށް ނިކަމެތިވެ، ހީނަރުވަމުންދިޔަ ވިޔަފާރިތައް އިތުރަށް ހީނަރުވެގެންދާނެ ނިންމުމެއް ކަމަށެވެ. "މިކަންކަމަށް މިޢާޔަތްކޮށް އެޗްޕީއޭގެ މި ނިންމުން އަލުން މުރާޖާ ކުރުމަށް ގޮވާލަން" އަނަސް ގެ ޓްވީޓްގައި ބުނެފައިވެއެވެ.
HPAge nimmumaky mi #Covid19 gai nikamethi vamun dhiya rayyithunge haalathu ithurah nikamethive, heenaruvamun dhiya viyafaarithah ithurah heenaruvegendhaane nimmumeh kamah dheken. Mi kan kamah riaayaiy koh HPAge mi nimmun alun muraaja’aa kurumah govaalan!
— Anas Abdul Sattar (@anasabdulsattar) August 23, 2020
އަނަސް މިހެން ބުނެފައިވާއިރު އެޗްޕީއޭގެ ގައިޑްލައިންތައް ރައްޔިތުންނަށް ވަނީ ވޭނާ ތުރާލަކަށް ކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ހަމްނާ ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހަމްނާ ވަހީދު ވިދާޅުވެފައިވަނީ ގައިޑްލައިންތަކާއެކު ޑިއުޓީ ކުރާ ވަޒީފާ އަދާކުރާ މީހުންގެ ޖީބަށް ބާރު ބޮޑުވެގެން ދާނެކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރާ ފަރާތްތަކަށް އިތުރަށް ގެއްލުން ދައްކާނެކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭގެ ނިންމުމާއި ގުޅިގެން މާލޭގެ ރެސްޓޯރެންޓަކުގެ ވެރިންވެސް ވަނީ އިޙްތިޖާޖު ކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ދިނުމާއި ގުޅިގެން ކޮވިޑް-19 ގެ ކޭސްތައް އަލުން މިވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ހަހާސް ހަސަތޭކައަށްވުރެ މައްޗަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އަރާފައިވާއިރު، ޑޮކްޓަރުން އަންނީ އިތުރު ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލީގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެގެން ހިނގައިދާނެކަމަށް ވިދާޅުވެމުންނެވެ.



